ENGLISH

09 ޖޫން 2026

Advertisement

ބޮޑު ކާމިޔާބެއް؛ އަންދާޒާކުރި ވަރަށްވުރެ ރާއްޖޭގެ އިގުތިސާދު ނިމުނު އަހަރު ކުރިއެރި

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ފަތުރުުވެރިކަމާއި އެހެނިހެން ސިނާއަތްތަކަަށް ލިބުނު ކުރިއެރުމާއެކު ނިމުނު އަހަރު އިގުތިސާދު ކުރިއަރާނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ ރާއްޖޭގެ އިގުތިސާދު ކުރިއެރި

ފާއިތުވި އަހަރު ރާއްޖޭގެ އިގުތިސާދު އަންދާޒާކުރި މިންވަރަށްވުރެ ކުރިއެރިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކަައިފިއެވެ. 

އެމްއެމްއޭއިން އާއްމުކޮށްފައިވާ މަރުކަޒީ ބޭންްކުގެ އަހަރީ ރިޕޯޓުގައި ފާހަގަކުރި ގޮތުން 2025 ދިވެހިރާއްޖޭގެ އިގުތިސާދު އަހަރުން އަހަރަށް 6.3 އިންސައްތަ ކުރިއެރިއެވެ. އެ އަންދާޒާއަކީ އޭޕްރީލު 14، 2026 ވަނަ ދުވަހުގައި ޝާއިއުކޮށްފައިވާ ކުއަރޓާލީ ނޭޝަނަލް އެކައުންޓްސްގެ މައްޗަށް ބިނާކޮށް އެމްއެމްއޭގެ އަހަރީ ހިމެނޭ ރިޕޯޓުގައި ހިމެނި އަންދާޒާއެކެވެ. 

މައިގަނޑު ގޮތެއްގައި ރާއްޖޭގެ އިގުތިސާދު ނިމުނު އަހަރު ކުރިއެރީ ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާއި، މާލީ ހިދުމަތްތަކާއި މަސްވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާއަށް އައި ކުރިއެރުމުގެ ސަބަބުންކަން މަރުކަޒީ ބޭންކުން ފާހަގަކުރިއެވެ. 

2024 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު އޭގެ ކުރީ އަހަރަށްވުރެ ކުރިއެރީ 3.5 އިންސައްތައިންނެވެ. 2025 ވަނަ އަހަރު 6.3 އިންސައްތައިން އިގުތިސާދު ކުރިއެރިއިރު، އެއީ 2026 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި 2025 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެކަމަށް މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވުޒާރާއާއި އެމްއެމްއޭއިން އަންދާޒާކުރި މިންވަރަށްވުރެ 0.9 އިންސައްތައިން މަތީ ކުރިއެރުމެއްކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. 

ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއާއި ފަހު ކުއާޓާއަކީ މިހާތަނަށް އަހަރެއްގެ ފަހު ކުއާޓާ އަދި ފަހު ކުއާޓާގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަހަރެވެ. އަދި ނިމުނު އަހަރުގެ ޑިސެންބަރު މަހަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މަހެވެ. 

ޖުމްލަަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، ފަތުރުވެރިކަމުގެ ސިނާއަތުން އިގުތިސާދީ ކުރިއެރުމުގައި ހިއްސާވި މިންވަރު ނުވަތަ އިގުތިސާދަށް އެ ސިނާއަތުން އަގު އިތުރުވި މިންވަރު 8.0 އިންސައްތަ މަތިވެފައިވާކަން މަރުކަޒީ ބޭންކުން ރިޕޯޓުކޮށްފައިވެއެވެ. 

އެހެނިހެން ދާއިރާތަކަށް ބަލާއިރު މަސްވެރިކަމުގެ ސިނާއަތުން އިގުތިސާދީ ތަރައްގީއަށް އަގުއިތުރުކުރި މިންވަރު 30.8 އިންސައްތަ މަތިވިއިރު، އިމާރާތްކުރުމުގެ ދާއިރާއިން އިގުތިސާދަށް އަގުއިތުރުކުރި މިންވަރު 3.7 އިންސައްތަ އަދި ރިއަލްއެސްޓޭޓު ދާއިރާއިން އިގުތިސާދަށް އަގުއިތުރުކުރި މިންވަރު 3.1 އިންސައްތަ އިތުރުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު