ENGLISH

09 ޖޫން 2026

Advertisement

އިމާރާތްކުރުމާއި ރިއަލްއެސްޓޭޓު ވިޔަފާރިން އިގުތިސާދީ ކުރިއެރުމަށް ހިއްސާވި މިންވަރު މައްޗަށް

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބުނުއިރު ޖުމްލަކޮށް އިގުތިސާދަށް އެކުރިއެރުމުން ހެޔޮ އަސަރުތަކެއް ކުރި

އިމާރާތްކުރުމުގެ ދާއިރާއާއި ރިއަލްއެސްޓޭޓް ވިޔަފާރިން ނިމުނު އަހަރުގެ އިގުތިސާދީ ކުރިއެރުމަށް ހިއްސާވި މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ހާމަވެއްޖެއެވެ. 

މަރުކަޒީ ބޭންކުގެ އަހަަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2025 ވަނަ އަހަރު އިމާރާތްކުރުމުގެ ދާއިރާއިން އިގުތިސާދަށް އިތުރުކުރި ޖުމްލަ އަގު 3.7 އިންސައްތަައިން އިތުރުވެފަފައިވެއެވެ. 2024 ވަނަ އަހަރު އިގުތިސާދުގައި އިމާރާތްކުރުމުގެ ދާއިރާއިން ހިއްސާވި މިންވަރު ނުވަތަ އިގުތިސާދަށް އަގު އިތުރުކުރި މިންވަރު 1.7 އިންސައްތައިން ދަށްވިއެވެ. 

އޭގެ އިތުރަށް ރިއަލްއެސްޓޭޓް ވިޔަފާރީގެ ދާއިރާއިން 2024 ވަނަ އަހަރުވެސް ރިއަލް އެސްޓޭޓް ވިޔަފާރިން ގައުމީ އުފެއްދުންތެރިކަމަށް ހިއްސާވި މިންވަރު އޭގެ ކުރީ އަހަރަށްވުރެ 5.3 އިންސައްތަ އިތުރުވިއެވެ. އަދި 2025 ގައި 2024 ވަަނަ އަހަރާ އަޅާބަލާއިރު 3.1 އިންސައްތައިން އެ ދާއިރާއިން އިގުތިސާދީ ކުރިއެރުމަށް ހިއްސާކުރި މިންވަރު 2024 ގައި ހިއްސާކުރި މިންވަރަށްވުރެ އިތުރުވިއެވެ. 

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2024 ވަނަ އަހަރު އިމާރާތްކުރުމުގެ ދާއިރާ މަޑުޖެހުނު ނަމަވެސް 2025 ވަނަ އަހަރު އެ ދާއިރާ ކުރިއެރިއެވެ. އެކަންް އެންމެ ބޮޑަށް އެނގުނީ އިމާރާތްކުރުމާ ގުޅުންހުރި މުދާ އިމްޕޯޓުކުރި މިންވަރު 2024 ގައި 7 އިންސައްތަ ދަށްވުމަށްފަހު 2025 ގައި އެބާވަތުގެ މުދާ އިމްޕޯޓުކުރި މިންވަރު އަހަރުން އަހަރަށް 11 އިންސައްތަ އިތުރުވުމުންނެވެ. 

އިމާރާތްކުރުމުގެ ދާއިރާއާއި ރިއަލް އެސްޓޭޓް ވިޔަފާރިއަށް އައި ކުރިއެރުން ވަޒަންކުރުމުގައި ބަލާ އެންމެ މުހިއްމު އެއް މިންގަނޑުކަމަށްވާ ބޭންކުތަކުން އެ ދާއިރާގެ ވިޔަފާރިތަކަށް ފައިސާ ދޫކުރި މިންވަރުވެސް 2025 ވަނަ އަހަރުވަނީ އިތުރުވެފައެވެ. ބޭންކުތަކުން މިދާއިރާތަކުގެ ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވިކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ. 

މައިގަނޑު ގޮތެއްގައި ބޭންކުތަކުން އިމާރާތްކުރުމަށް ދޫކުރި ލޯނުތައް އިތުރުވީ އައު ރިސޯޓުތައް ތަރައްގީކުރުމަށާއި، މީހުން ދިރިއުޅޭ އިމާރާތްތައް އެޅުމަށް އަދި ހައުސިން މަޝްރޫއުތަކަށް ދޫކުރި ލޯނުގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. ހަމައެހެންމެ ގެސްޓުހައުސް އެޅުމަށާއި، ރިސޯޓު މަރާމާތުކުރުމަށް ދޫކުރި ލޯނުތައްވެސް އިތުރުވިއެވެ. ނަމަވެސް ރިއަލްއެސްޓޭޓު މަޝްރޫއުތަކަށް ދޫކުރި ލޯނުގެ އަދަދު މަދުވިއެވެ. 

މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގައި ރާއްޖޭގެ އިގުތިސާދު 6.3 އިންސައްތައިން ކުރިއެރިއެވެ. 2024 ގައި ރާއްޖޭގެ އިގުތިސާދު ފުޅާވީ 3.5 އިންސައްތައިންނެވެ. މިއީ 2026 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި އެމްއެމްއޭއާއި މާލީ އަދި އާއްމު ވިޔަފާރިތަކާ ބެހޭ ވުޒާރާއިން އަންދާޒާކުރި މިންވަރަށްވުރެ 0.9 އިންސައްތަ ބޮޑު ކުރިއެރުމެއްކަން އެމްއެމްއޭއިން ފާހަގަކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު