ENGLISH
09 ޖޫން 2026
ޝަމްއާނަށް ހުކުމްކުރުން މިއަދު ހަވީރު
09 ޖޫން 2026
|
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު
އެންމެ މަޤްބޫލު
އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ހުކުމްކުރުމަށް ބާއްވާ ޖަލްސާ މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.
ޝަމްއާނުގެ މައްޗަށް ހުކުމް ކުރުމަށް މީގެ ކުރިން ތާވަލު ކުރީ މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް ހުކުމްކުރުން ލަސްކޮށްދިނުމަށް އޭނާގެ ފަރާތުން އެދުމާއި ގުޅިގެން ހުކުމް ކުރުން ފަސްކުރިއެވެ.
ޝައްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4:00 އަށެވެ.
ކުރިން މި ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުރި ޝަމްއާން ހައްޔަރުކުރީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުވާ މައްސަލާ އެވެ. އޭނާ އެ މަޤާމުން ވަކިކުރުމުގެ ކުރީން ހައްޔަރު ކުރި އެވެ.
ޝަމްއާންގެ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ފައިސާއަކީ ބިދޭސީން އަތުން ހޯދާފައިވާ ފައިސާ ކަަމަށް ތުހުމަތު ކުރެވެ އެވެ.
ޝަމްއާންގެ މައްޗަށް އޮތް ތުހުމަތުތަކާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ 2025 މާޗް 12 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީން ތަކަކަށް އަމާޒުކޮށް އޮޕަރޭޝަނެއް ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލު ކުރަމުންދާ އުސޫލުތަކާއި ޚިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި އެ އޮަޕަރޭޝަންއާ ބެހޭ މައުލޫމާތު ޝަމްއާންއަށް ކުރިން އެނގިފައިވާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ވެސް ބުންޏެވެ.
މި އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަަތަމަ ދިޔައީ އިމިގްރޭޝަންގެ މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ މަސްއޫލިއްޔަތު ނެތް ތިން މީހުން ކަމަށާ އެއީ ކޮންޓްރޯލާގެ ބިއުރޯ އާއި ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ މުވައްޒިފުންތަކެއް ކަމަށް ވެސް ބުންޏެވެ. މި އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރީން ހުއްޓުވާ އެ މީހުން ދިރިއުޅުނުތަން ބަލާ ފާސްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަތް ބިދޭސީންނަކީ ވެސް ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު މީހާ އިމިގްރޭޝަން އޮފީހަށް ގެންގޮސް ފަހުން ދޫކޮށްލާފައިވާ ފުލުހުން ބުނެފައިވެއެވެ.
ޝަމްއާނަށް ކުރާ ދައުވާތަކާއި ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.