ENGLISH
24 މޭ 2026
މިސްކިތްތަކުން ބޭރަށް، ނަމާދުކުރާ އަޑު ނުއިވޭ ގޮތަށް ހަދަން އަންގައިފައެއް ނުވާނެ: މިނިސްޓަރ ޝަހީމް
24 މޭ 2026
|
މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު --
އެންމެ މަޤްބޫލު
ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހާ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން މިނިސްޓްރީން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގަ އެވެ. މިފަދަ މެސެޖެއް މިނިސްޓަރު ފޮނުއްވެވީ ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހާ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން މިނިސްޓްރީން އެންގި ކަމަށް ވާހަކަ ފެތުރެމުންދާތީ އެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހާ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން މިނިސްޓްރީން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
މާލެ ސަރަޙައްދުގައި ބައެއް މިސްކިތްތައް ހުންނަނީ ވަރަށް ކައިރި ކައިރީގަ އެވެ. ބައެއް މިސްކިތްތަކުން ނަމާދު ގަޑީގައި ވަރަށް ބާރަށް އަޑު އިވޭ ގޮތަށް ހަދާފައި ހުރެ އެވެ. އެކަމުގެ ސަބަބުން ޖެހިގެން ހުންނަ މިސްކިތުގެ ޖަމާޢަތަށް ދަތިވެ އެވެ. އެފަދަ ކަންކަން އިސްލާޙު ކުރުމަށް މިނިސްޓްރީން އަންގަ އެވެ.