ENGLISH

24 މޭ 2026

Advertisement

ރިޝްމީ ފާހަގަކުރީ ވަތަނީ ޚިިދުމަތުގެ ޕްރަގްރާމުން ދަރިފުޅަށް އައި ހެޔޮ ބަދަލު

24 މޭ 2026

|

އަޙުމަދު ޙަމީދު

ރިޝްމީގެ އާއިލާ އޭނާގެ ދަރިފުޅާއެކު --

ވަތަނީ ޚިދުމަތުގެ ޕްރޮގުރާމުގެ މަފުހޫމަކީ ރާއްޖެއަށް އައު ކަމެކެވެ. ނަމަވެސް މިއީ ރާއްޖެއަށް ވަރަށް މުހިންމު ޕްރަގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަތަނީ ޚިދުމަތުގެ ޕްރޮގުރާމް ފެށީ ސެޕްޓެންބަރު 18، 2025 ގަ އެވެ.

މި ޕްރަގްރާމަށް އާންމުންގެ އޮތް ބޮޑު ތަރުހީބުން އެކަނިވެސް މިއީ ކިހާ މުހިންމު ޕްރަަގްރާމެއްކަން ބުނެދެ އެވެ.

ވަތަނީ ޚިދުމަތުގެ ޕްރަގްރާމްގެ ދެ ބެޗެއް ކާމިޔާބު ކަމާއެކު ވަނީ ނިންމާލާފަ އެވެ. 600 ވުރެ ގިނަ ދަރިވަރުން މި ދެ ޕްރަގްރާމުން ވަނީ ތަމްރީންވެފަ އެވެ. މިފަަދަ ފުރުސަތެއް ލިބުމަކީ މި ކުދީންގެ ބެލެނިވެރީންނާއި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެވެ.

ތިންމަސް ދުވަހުގެ ތަމްރީނުތައް ނިންމުމަށް ފަހު އެ ކުދީންނާއި ބައްދަލްވުމުން ބެލެނިވެރީންނަށް ލިބުނު ހިތްހަމަޖެހުން އަދި މާބޮޑެވެ. އެއީ އެ މުއްދަތުގައި އެ ކުދީންނަށް އައިސްފައިވާ ހެޔޮ ބަދަލުންނެވެ. އެ ކުދީންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލުންނެވެ.

ވަތަނީ ޚިދުމަތުގެ ޕްރަގްރާމް ފުރިހަމަ ކުދީންގެ ތެރޭގައި މަޝްހޫރު އެކްޓަރު ރިޝްމީ ރަމީޒުގެ ހުރި ހަމައެކަނި ދަރިފުޅު ޒެލް ހިމެނެ އެވެ. މި ޕްރަގްރާމުން ދަރިފުޅަށް އައި ހެޔޮ ބަދަލު ފާހަގަކޮށް ރިޝްމީ ބުނީ އެ ޕްރަގްރާމުން ދަރިފުޅަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. 

ޚާއްސަކޮށް ޒިންމާދާރުވެފައިވާ މިންވަރު ފާހަގަކުރި އެވެ. އަދި އަމިއްލަވަންތަކަމާއި އިސްނަގައިގެން ކަންކަން ކުރަން ދަސްވެފައިވާ މިންވަރު ފާހަގަކުރި އެވެ.

"ވަރަށް ރެންސްޕޮންސިބަލް ވެއްޖެކަން ފާހަގަ ކުރެވޭ. އަބަދުވެސް ވަރަށް ބަސް އަހާނެ. ދެން މި ޕްރަގްރާމް ނިމުނުއިރު ވަރަށް ރެންސްޕޮންސިބަލް ވެފައި ހުރީ ހަމަ ޤައިމުވެސް. އަމިއްލައަށް ވަރަށް އިންޑިޕެންޑެންޓްކޮށް ހުރިހާ ކަމެއްވެސް ކުރަން ދަސްވެފައި ހުރީ ނިމުނުއިރުގައި," ރިޝްމީ ބުންޏެވެ.

މި ޕްރަގްރާމް ނިންމި ހުރިހާ ދަރިވަރުންގެވެސް ބެލެނިވެރީން މިކަންކަން ފާހަގަކުރެ އެވެ. މުޖްތަމަޢުގައި ގޯސް އާދަކާދަތަކާއި ކުދީންނަށް ނުރަނގަޅު އަސަރުތައް ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މިފަދަ ޕްރަގްރާމެއް މި ޤައުމަށް ވަރަށް މުހިންމެވެ.

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި ފަދައިން އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ ތެރެއިން ފެއްޓެވި ޕްރަގްރާމެކެވެ. އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.

ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރީން ތިން މަހަށްފަހު ބެލެނިވެރީންނާއި ބައްދަލުވުން

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމުގެ ފެށުމެވެ.

މި ޕްރޮގުރާމުން ސްކޫލު މަރުހަލާ ނިންމުމަށްފަހު މަތީ ތައުލީމާއި މަސައްކަަތުގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، ރަނގަޅު އަހުލާގުގެ މައްޗަށް ހާނުވައި، ދީނީ އަގީދާ ވަރުގަދަ ހުނަރުވެރި ހީވާގި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް މަގުފަހި ކުރުވާނެ އެވެ.

ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރީން ތިން މަހަށްފަހު ބެލެނިވެރީންނާއި ބައްދަލުވުން

ދެކުނު ކޮރެއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް ވަރަށް ކާމިޔާބުކަމާއެކު ހިންގައި، އެ ޕްރޮގުރާމުތަކުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ޕްރޮގުރާމެއް ޒުވާނުންނަށް ހާއްސަކުރެވިގެން ހިންގާ ފުރަތަމަ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު