ENGLISH

24 މޭ 2026

Advertisement

ޕޯޓަލް މެދުވެރިކޮށް އަދި ސްޓޭޓްފާމާގެ ބޭސް ފިހާރައިންވެސް ބޭސް ސިޓީ މިހާރު ބަލައިގަންނާނެ

24 މޭ 2026

ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތަކުން، ޕޯޓަލްއަށް ބޭސް ސިޓީ އަޕްލޯޑް ކުރުމުގެ އިތުރަށް، މިހާރު ސްޓޭޓްފާމާގެ ބޭސްފިހާރައިން ބޭސް ސިޓީ ބަލައިގަނެ ،ބޭސް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ)ގެ މެނޭޖިން ޑިރެކްޓަރު ޝާހް މާހިރު ވިދާޅުވެއްޖެ އެވެ.

އަލަށް އައިޖީއެމްއެޗްގައި ހުޅުވި އެ ކުންފުނީގެ ފުރަތަމަ ބޭސްފިހާރައިން ލިބޭ ހިދުމަތްތަކާ ގުޅޭ ގޮތުން އެމްއެމްޓީވީގެ "އަދާހަމަ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.ޝާހު ވިދާޅުވީ، ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކުން، ޕޯޓަލް އަށް ބޭސް ސިޓީ އަޕްލޯޑް ކުރުމުގައި ގިނަ ތަކްލީފުތަކާ ކުރިމަތިވެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯއްދަވާ ދެއްވުމުމަށްޓަކައި އައިޖީއެމްއެޗް ގައި އަލަށް ހުޅުވި އެ ކުންފުނީގެ ބޭސް ފިހާރައިން ބޭސް ސިޓީ ބަލއިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ފިހާރައަށް ހުށައަޅާ ބޭސް ސިޓީތަކަށް ދެ ހަފްތާ ތެރޭ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމުގެ ހުރިހާ މަސައްކަތްތަކެއް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެމްޑީގެ ވާހަކާގައި ފާހަގަކުރެއްވީ، ބޭސް ލިބުމުގެ ދަތިތައް ތަހައްމަލު ކުރަމުންދާ ފަރާތްތައް ގިނަވެ އެކަމުގެ ގިނަ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެ މައްސަލައަށް ވަށާ ޖެހޭ ހައްލެއް ހޯދާއި ދިނުމަށް ކަމަށްވެސް ބުންޏެވެ.

އައިޖީއެމްއެޗްގައި އަލަށް ހުޅުވި އެ ކުންފުނީގެ ބޭސް ފިހާރައިގެ ސަބަބުން އައިޖީއެމްއެޗްއިން ސިއްހީ ފަރުވާ ހޯއްދަވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

"އައުޓްޕޭޝަންޓް ޕްރިސްކްރިޕްޝަންއަށް ބޭސް ފޯރުކޮށްދިނުމާއި، އިންޕޭޝަންޓަށް ނުވަތަ އެޑްމިޓްކޮށްފައިތިބޭ ޕޭޝަންޓުންނަށް ބޭނުންވާ ބޭސް ހޮސްޕިޓަލްއާ ގުޅިގެން ، ހޮސްޕިޓަލްއަށް ސަޕްލައި ކޮށްދިނުމާއި އަދި ހޮސްޕިޓަލްގެ އިންހައުސް ބޭނުންވާ ބައެއް ކޮންޒިއުމަބްލްސްއާ ތަފާތު ބޭސްތަކުގެ އިތުރުން އެންޓިބަޔޯޓިކްސް ގެ އިތުރުން ނުލިބޭ ބޭސްތައް ފޯރުކޮށްދިނުމުގެ މަގްޞަދުގައި އައިޖީއެމްއެޗްގައި މި ފާމަސީ ހުޅުވިގެން ދިޔައީ" މެނޭޖިން ޑިރެކްޓަރު ޝާހް މާހިރު ވިދާޅުވި އެވެ. 

އައިޖީއެމްއެޗްގެ މެނޭޖްމެންޓް ޓީމާއި، ކްލިނިކަލް ޓީމާއި ގުޅިގެން މަސައްކަތް ކުރަމުން އަންނާނެ ކަން އެމްޑީ ފާހަގަކުރެއްވި އެވެ. އެގޮތުން މީގެ ކުރިން އެންސްޕާއަށް ނުވަތަ އާސަންދައަށް އަޕްލޯޑްކޮށް އިންޓާނަލީ ކުރަމުން އައި މަސައްކަތް މިހާރު ސްޓޭޓްފާމާއިން ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގައި އެސްޓިއޯއިން އޮޕަރޭޓް ކުރަމުން އަންނަ 193 ބޭސް ފިހާރައެއް އެ ކުންފުނީގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަން ފާހަގަކުރެއްވާ ވިދާޅުވީ، އަމާޒަކީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހަށް އެ މަސައްކަތް ނިންމުން ކަމަށެވެ.