ENGLISH
24 މޭ 2026
ދެ ކޭސް ބަނގުރާއާއެކު ދެމީހުން ހައްޔަރުކޮށްފި
24 މޭ 2026
|
ބަނގުރަލާއެކު ހައްޔަރުކުރި ދެމީހުން- ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
ދެ ކޭސް ބަނގުރާއާއެކު ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެމީހުން ހައްޔަރުކުރީ، ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދޯދިލް، ފ. ފީއަލި / މައިޝަމް މުހައްމަދު (20އ) އާއި، ކުޅުދޫ ގުލްފާމްގެ، ނ. ކެނދިކުޅުދޫ / ޒަޔާން ޔޫސުފް (23އ) އެެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ، މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މެއި 21 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ކަޅުކޮތަޅު ތެރެއިން، 2 ކޭސް ބަނގުރާ ފެނިފައިވާ ކަމަށެވެ.
އެ ކޮތަޅު ތަކުގެ ގެތެރޭގައި 48 ފުޅި ބަނގުރާ ހުރިކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އެ ހިދުމަތުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.