ENGLISH
24 މޭ 2026
އައިޔޫއެމްގައި އަލަށް ކިޔަވަދޭން ތިން ކޯސް ފަށަނީ
24 މޭ 2026
|
އިސްލާމިކް ޔުނިވަރސިޓީ ގެ އިމާރާތް-- ފޮޓޯ: އައިޔޫއެމް
އެންމެ މަޤްބޫލު
މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ދެވަނަ ސެމިސްޓާގައި އަލަށް ތިން ކޯސް ފެށުމަށް ނިންމާފި އެވެ.
ދެވަނަ ޓާމުގައި އަލަށް ފަށާ ތިން ކޯހަކީ، މާސްޓަރސް އޮފް ސައިންސް- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސްއާއި މާސްޓަރސް އޮފް ސައިންސް (އިންފޮމޭޝަން ސިސްޓަމްސް އެންޑް ޑޭޓާ ސައިންސް) އާއި އެޑްވާންސް ސެޓްފިކެޓް އިން ސުންނާ ސްޓަޑީޒެވެ.
އެމްއެންޔޫގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު އެވެ.
އެމްއެންޔޫ އިން ބުނީ މި ތިން ކޯހުގެ ތެރެއިން މާސްޓަރސް ދެ ކޯސް ތިން މޯޑެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ކެމްޕަހަށް ހާޒިރުވެގެންނާއި ބްލެންޑެޑްގެ އިތުރުން އޮންލައިންކޮށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ދެ ކޯހުގެ ފީއަކީ 34،225 ރުފިޔާ އެވެ.
ސެޓްފިކެޓް އިން ސުންނާ ސްޓަޑީޒް ކޯހުގައި ކިޔަވައި ދޭނީ ކުލާހަށް ހާޒިރުވެގެން އެކަންޔެވެ. މި ކޯހުގެ ފީއަކީ 10،200 ރުފިޔާ ކަމަށްވެސް އެމްއެންޔޫއިން ބުނެފައިވެ އެވެ.
ދެވަނަ ސެމިސްޓާގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ 13:00 އެވެ.