ENGLISH

24 މޭ 2026

Advertisement

އަމާޒު ހުރީ ދެ އަހަރާއި ބައިގެ ތެރޭގައި އިނގިރޭސިވިލާތައް ބޭރުކުރާ މަހުގެ މިންވަރު ދެ ގުނަ ކުރަން: ތަރުޖަމާނު

24 މޭ 2026

|

އައިމިނަތު ޝަފާ

ސަރުކާރުގެ އަމާޒު ހުރީ ދެ އަހަރާއި ބައިގެ ތެރޭގައި އިނގިރޭސިވިލާތައް ބޭރުކުރާ މަހުގެ މިންވަރު ދެ ގުނަ ކުރަން.

ދިވެހި މަހުގެ އުފެއްދުންތަކުން ޓެރިފު ނެގުން 20 މޭ 2026 ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާއެކު އަމާޒަކީ ދެ އަހަރާއި ބައިގެ ތެރޭގައި އިނގިރޭސިވިލާތައް ބޭރުކުރާ މަހުގެ މިންވަރު ދެ ގުނަ ކުރުންކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

ރާއްޖޭން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 18 މިލިއަން ޕައުންޑަށް ވާވަރަށް އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓްކުރާއިރު، ޓެރިފް ކަނޑާލުމަކީ އެމަސައްކަތުގައި ދެމިތިބި މަސްވެރިންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ މި ގެނައި ބަދަލާއެކު ރާއްޖެއިން އިނގިރޭސިވިލާތައް މަސް އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރެވިދާނެ ކަމަށެވެ. ރާއްޖެއިން ވާދަކުރަމުން އަންނަނީ އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓު ކުރާ ހައެއްކަ ގައުމާކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ ރާއްޖެ އޮތީ ނގިރޭސިވިލާތައް މަސް އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނައިގައި ކަމަށެވެ. 

"ރޭންކް ނުވައެއްގައި ރާއްޖެ މިއޮތީ. ދެން މި ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ވެސް އިއްތިފާގުވޭ ލިސްޓުގެ ކުރިން ޖާގަ ހޯދޭނެކަމަށް. އުއްމީދަކީ ދެ އަހަރާ ބައިގެ ތެރޭގައި ޑަބަލްކޮށްލުން. މާނައަކީ 25 މިލިއަން 50 މިލިއަނުގެ އެކްސްޕޯޓަކަށް ހެދުން،". ތަރުޖަމާނު ވިދާޅުވި އެވެ. 

އިނގިރޭސިވިލާތުގެ މި ނިންމުމަކީ ދިވެހި ކަޅުބިލަމަހާއި ކަޅުބިލަމަހުގެ އުފެއްދުންތައް ގަންނަ އިނގިރޭސި ރައްޔިތުންނަށް ލިބުނު ލުޔަކަށްވުމުގެ އިތުރަށް، މިއީ އެކަމުން ދިވެހި މަސްވެރިކަމަށް މާނަހުރި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްފުށުގެ ދިރިއުޅުމަށް އެހީތެރިކަން ލިބި، ދިވެހިން ދެމެހެއްޓެނެވި ގޮތަށް ބާނަމުންދާ ކަނޑުމަހުގެ ވިޔަފާރި އިތުރަށް ފުޅާވާނެ ކަމެކެވެ. 

ރާއްޖެއަކީ ދޮށީގެ މަސްވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެއްކަމަށްވާއިރު ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ސަރުކާރުން އަންނަނީ އިސްކަންދެމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު