ENGLISH
24 މޭ 2026
ކަނޑު ދަތުރު ކުރާއިރު މޫސުމުގެ މައުލޫމާތު ހޯދައި ސަލާމަތީ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
24 މޭ 2026
|
ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި-- ފޮޓޯ: ޖަވިޔަނި
އެންމެ މަޤްބޫލު
ކުރިއަށް އޮތް ތިން ދުުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ މީހުން ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އީދު ދުވަސް ހިމެނޭހެން ކުރިއަށް އޮތް ތިން ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެތީ މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނޫނީ ކަނޑުދަތުރު ނުކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
ވާރޭ: މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސެންޓު ސްޓޭޝަނުން 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރިކޯޑުކުރެވުން.
ވައި: މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސެންޓު ސްޓޭޝަންގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ޖެހުން.
އެ ހާލަތުތައް ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރަށް ދެމިގެން ދިއުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.
އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާތީ މޫސުމަށް ސަމާލުކަންދީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުން ނެވެ.