ENGLISH

24 މޭ 2026

Advertisement

ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލްމަޖީދު

24 މޭ 2026

|

އައިމިނަތު ޝަފާ

އަބްދުލްމަޖީދު އަލީ

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލްމަޖީދު އަލީ އައްޔަނުކުރައްވައިފި އެވެ. 

އަބްދުލްމަޖީދު އަލީ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރެއްވިކަން ހާމަކޮށް ޕެންޝަން އޮފީހުން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެެ. މަޖީދު ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަބްދުލްމަޖީދު އައްޔަނުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒް އިސްތިއުފާދެއްވުމާ ގުޅިގެން ނެވެ. އަބްދުލްމަޖީދު އަންނަނީ މިދިޔަ އަހަރު މާރިޗު މަހުން ފެށިގެން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ނެވެ. 

މަޖީދު ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުގެ މަގާމަށް އައްޔަން ކުރުމާއެކު، އެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރައްވާ މެންބަރުކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާ ޔާމީން އިދުރީސް ވަނީ އައްޔަނުކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު