ENGLISH

24 މޭ 2026

Advertisement

މި އީދުގައި މޯލްޑިވިއަނުން އެތެރޭގެ 1،227 ދަތުރުކުރާނެ

24 މޭ 2026

|

އައިމިނަތު ޝަފާ

ގައުމީ އެއާލަައިންގެ މަތިންދާބޯޓެއްް. ފޮޓޯ؛މޯލްޑިވިއަން

އީދު ބަންދުތެރޭގައި ގައުމީ އެއާލައިން-- މޯލްޑިވިއަނުންކުރާ އެތެރޭގެ ދަތުރުތައް އިތުރުކޮށްފައިވާކަމަށާއި، މި ފަހަރުގެ އީދު ބަންދުގައި 1،227 ދަތުރު އެ އެއާލައިނުން ކުރާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު މިފަދައިން ވިދާޅުވީ އީދު ބަންދާ ދިމާކޮށް ވައިގެ މަގުން ކުރާ ދަތުރުތަކަށް ޓިކެޓު ނުލިބުމުގެ މައްސަލައާ ގުޅުވައި އިއްޔޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ. 

ތަރުޖަމާނު ވިދާޅުވީ މި އީދު ބަންދަށް ގައުމީ އެއާލައިނުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި އެގޮތުން މި ހިނގާ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އެތެރޭގެ އުދުހުންތަކުގެ 1،227 ދަތުރު ކުރާނެ ކަމަށެވެ. 

"އެތެރޭގެ އުދުހުންތަކަށް އެންމެ ބާރު ބޮޑުވާ ދުވަސްވަރު މިއީ. އެބޭފުޅުން ވިދާޅުވީ 1،227 އެތެރޭގެ ދަތުރުތައް އީދު ބަންދާ ދިމާކޮށް ކުރެވިގެންދާނެއޭ. މިއީ މިދިޔަ އަހަރަށް ވުރެ ގިނައިން. 17 މެއި އިން ފެށިގެން 2 ޖޫން އަށް. ދެން އެއީ 1،014 ޝެޑިއުލް ދަތުރުތަކާއި 214 އިތުރު ދަތުރުތައްކަމަށް،". ތަރުޖަމާނު ވިދާޅުވި އެވެ. 

އެހެން މަސްމަހު ކުރާ ދަތުރުތަކަށްވުރެ އީދު ބަންދުގައި ކުރާ ދަތުރުތައް މޯލްޑިވިއަނުން 20 އިންސައްތަ އިތުރުކޮށްފައިވާކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އެކަނިވެސް 64،000 މީހުން ދަތުރުކުރާނެކަމަށް އަންދާޒާކުރެވޭކަމަށާއި އެހެން އެއާލައިންތަކުގެ ދަތުރުތަކާއެކު މި އަދަދު އިތުރުވެގެންދާނެކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު