ENGLISH

24 މޭ 2026

Advertisement

ކަރެކްޝަންސް އިން އައްސޭރި ޖަލުގައި ހާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފި

24 މޭ 2026

|

އާމިނަތު ނުޒްލާ

ކަރެކްޝަންއިން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން-- ފޮޓޯ: އެމްސީއެސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް ހާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފި އެވެ.

މި ކޭމްޕްގެ ބޭނުމަކީ ޖަލުގައި ތިބި ގައިދީންނާއި ބަންދުމީހުންނަށް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެމްސީއެސް އިން ބުނެފައިވެ އެވެ. އެގޮތުން މި މެޑިކަލް ކޭމްޕް ބާއްވާފައިވަނީ ހުޅުމާލެ ހޮސްޕިޓަލްއާ ގުޅިގެންނެވެ.

ކަރެކްޝަންއިން ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕްގެ ތެރެއިން-- ފޮޓޯ: އެމްސީއެސް

އެމްސީއެސް އިން ބުނީ މި ކޭމްޕްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ސަރޖަންއެއް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ 41 ޤައިދީންނަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި މެޑިކަލް ކޭމްޕް ބޭއްވުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ މީހުން ތިބުމާއިއެކު، އެމީހުން ޑޮކްޓަރުންނަށް ދެއްކުމުގެ މަގު ތަނަވަސްކޮށްދީ، ޖަލުގައި ދެވެން ނެއް ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެމްސީއެސް އިން ބުނެފައިވެ އެވެ.

މުސްތަޤްބަލުގައިވެސް މިފަދަ ގިނަ ކޭމްޕްތައް ޖަލުތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް އެ ހިދުމަތުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު