ENGLISH
24 މޭ 2026
އީދު ބަންދަށް އެއާޕޯޓުން ފުރާ މީހުން ވަގުތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
23 މޭ 2026
|
ވީއައިއޭ އައު ޓާމިނަލް. ފޮޓޯ؛ އެމްއޭސީއެލް
އެންމެ މަޤްބޫލު
އީދު ބަންދަށް އެއާޕޯޓުން ފުރާ ދަތުރުވެރިން ވަގުތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އިލްތިމާސް ކޮށްފި އެވެ.
އެމްއޭސީއެލް އިން ވަނީ މިއަހަރުގެ އަޟްޙާ އީދު ބަންދާ ދިމާކޮށް، ގިނަ އަދަދެއްގެ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރަމުންދާނެކަމަށް ލަފާކުރެވޭތީ، މިއަދުން ފެށިގެން މެއި 31 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެއާޕޯޓު ބޭނުން ކުރާ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މި ދުވަސްތަކުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ހުރިހާ ދަތުރުވެރިން ވެސް، ވަގުތަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު އެއާލައިންތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރެ އެވެ.
އަދި މި ދުވަސްތަކުގައި ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުން ގެންދާނެކަން އެކުންފުނިން ހާމަކުރެ އެވެ.