ENGLISH

25 މޭ 2026

Advertisement

ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ އަތުން ފޭރުނު ތިން ޒުވާނަކު ހައްޔަރުކޮށްފި

24 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފުލުހުންގެ މައި އިދާރާ

ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު ފޭރުނު ތިން ދިވެހި ޒުވާނުން ހައްޔަރުކޮށްފިއެވެ.

ތޫނު އެއްޗަކުން ބިރު ދައްކައި މީހެއްގެ އަތުން ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ޒުވާނަކާއި، 18 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނެކެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ތުހުމަތެވެ.

ބަންދުގެ މުއްދަތު ޖެހުމަށް އެ ތިން މީހުން ވެސް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ވަނީ، ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ހާދިސާގެ ރިޕޯޓާއި، މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން އަދި މަންޒަރު ފެނުނު ފަރާތްތަކުގެ ބަޔާން ހުށަހަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން، އެ ތިން މީހުން ކުށްކޮށްފައިވަނީ ބައިވެރިވެގެން ކަމަށާއި އެ މީހުންނަނީ ކުށުގެ ރެކޯޑް އޮތް ފަރާތްތަކެއް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު