ENGLISH
10 ޖޫން 2026
މިފްކޯއަށް މަސްކިރުވި ދޯނިތަކަށް މިއަދު 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
25 ފެބްރުއަރީ 2026
|
މަސްވެރިން މަސް ބޭނުމުގައި-- ފޮޓޯ: ސޯސިން ޓްރާންސްޕޭރެންސީ ޕްލެޓްފޯމް
އެންމެ މަޤްބޫލު
މި މަހު 19 ވަނަ ދުވަހު ކިރުވި މަހަށް މިފްކޯއިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިއަދު ދޫކޮށްފި އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 43 އުޅަނދަކަށް 1,654,048.00 (އެއް މިލިޔަން ހަ ލައްކަ ފަންސާސް ހަތަރު ހާސް ސާޅީސް އަށް ރުފިޔާ) ވަނީ އިއްޔެ ދޫކޮށްފަ އެވެ. މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 19 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ އެވެ.
މިފްކޯއިން ބުނީ 19 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 40 ދޯންޏަކަށް 1,556,153 (އެއްމިލިޔަން ފަސް ލައްކަ ފަންސާން ހަ ހާސް ރުފިޔާ ސަތޭކަ ފަންސާން ތިނެއް ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.
ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ފަސް ދޯންޏަކަށް 2920 (ދެހާސް ނުވަ ސަތޭކަ ވިހި ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 18 ދޯންޏަކަށް ޖަމާކޮށްފައިވަނީ 94،975 (ނުވަދިހަ ހަތަރު ހާސް ނުވަ ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އެވެ.
މިފްކޯއިން މިއަދު މަސްކިރުވާ އަގުތަކަށް ބަލާއިރު ކަޅުބިލަމަސް ކިލޯއެއް ކިރަނީ 17 ރުފިޔާ އަށެވެ. ބޮޑުކަންނެލި ކިރުވާ އަގުތަކަށް ބަލާއިރު 10 ކިލޯ އާ 15 ވަނަ ކިލޯއާ ދޭތެރޭގެ އަގުތައް އުޅެނީ 20 ރުފިޔާ އަށެވެ. ވިހި ކިލޯއަށް ވުރެ މަތިން ބޮޑުކަންނެލި ގަންނަ އަގު އުޅެނީ 25 ރުފިޔާ އަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.