ENGLISH
24 މޭ 2026
ހޭންވޭރު ދަނޑުން ދޫކުރަމުން އައި މަސްދަޅު ކޭސްތައް މިރެއިން ފެށިގެން ދޫކުރާނީ ގަލޮޅު ދަނޑުން
05 ފެބްރުއަރީ 2026
|
މާލެ ސަރަހައްދުން މަސްކޭސް ދޫކުރުން. ފޮޓޯ؛ސިޓީތަކާއި އިދާރީ ދާއިރަތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ހޭންވޭރު ދަނޑުން ދޫކުރަމުން އައި މަސްދަޅު ކޭސްތައް މިރެއިން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރޯދަ ހަދިޔާ ދޫކުރާ މަރުކަޒު ބަދަލުވެފައިވާކަން ހާމަކޮށް އެ ވުޒާރާއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރޯދަ ހަދިޔާ ދޫކުރަމުން އައި މަރުކަޒުތަކުގެ ތެރެއިން ހޭންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުން ދޫކުރަމުން ދިޔަ ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް، މިރެއިން ފެށިގެން ދޫކުރަމުން ދާނީ ގަލޮޅު ދަނޑުންކަމަށެވެ.
ރޯދަ ހަދިޔާ ހޯދުމަށް، ހެންވޭރު ދަނޑަށް އެޕޮއިންޓްމެންޓް ހައްދަވާފައިވާ ރައްޔިތުން ގަލޮޅު ދަނޑަށް ވަޑައިގަތުމުން މަސް ކޭސް ލިބުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް އަންގާރަ ދުވަހުގެ ރެޔާއި ހަމައަށް ވަނީ 35،132 މަސްދަޅު ކޭސްތައް ދޫކޮށްފައެވެ.
މީގެ އިތުރުން އަތޮޅުތެރޭގައިވެސް މަސް ކޭސްތައް ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ވުޒާރާއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.
މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ.