ENGLISH

24 މޭ 2026

Advertisement

ރައީސް އިއުލާނުކުރެއްވި ޕްރޮގްރާމްތަކާއެކު، އާއްމުކޮށްފައިވާ އުޞޫލަށް ބަދަލެއް ނާންނާނެ: ޑރ. މުއްޠަލިބް

05 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

މިއަދުގެ ރިޔާސީ ބަޔާނުގައި އަލަށް އިޢުލާނުކުރެވުނު ޕްރޮގްރާމުގެ ސަބަބުން މިހާރު ކުރިއަށްދާ ޢާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބިމުން އާއިލީ ތަނަވަސްކަމަށް ފުރުޞަތު ފަހިކުރުމަށް މާލެ ސަރަޙައްދުން ބިމަށް އެދި ހުށަހެޅުމަށް އާ ޕްރޮގްރާމެއް ހުޅުއްވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ އިޢުލާންކުރައްވާފައެވެ.

ހައުސިން މިނިސްޓަރ އަބްދުﷲ މުއްތަލިބު އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް އޮތް ދަތިކަމުގައި ގިނަ ޢާއިލާތަކުން ބޭނުންވަނީ ފްލެޓް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ މިއަދު އިއުލާންކުރެއްވި ޕްރޮގްރާމްގައި ދެކަމެއް ފާހަގަ ކުރެއްވިއެވެ. އެއްކަމަކީ ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭނެކަމަށެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ބިން ދެވުނު އެތައް ބަޔަކު ޢާއިލީ އަދި އެހެނިހެން މައްސަލަތަކާހެދި ވަކިން ގޯތި ލިބުމަށް އެދެމުންދާތީ، އެފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި އެންމެން ރުހި، އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ވަކި ވަކި ފަރުދުންނަށް ގޯތި ލިބޭ ގޮތަށް ކުރިމަތިލެވޭނެއެވެ.

މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދެމެފިރިންނަށް ފުލެޓާއި ގޯތި ލިބިފައިވާކަމުގެ ޝަކުވާ އާއި، އޭގެ ސަބަބުން ހާލުގައި އުޅޭ މީހުންނަށް ގެދޮރު ނުލިބޭކަމުގެ ޝަކުވާ އިތުރުވެފައިވަނިކޮށް، އެކަންކަމަށް ހައްލު ހޯދަދީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ފުރުސަތު ހޯދަވައިދިނުމުގެ މަޤްސަދުގައި، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން މިހާރު އިއުލާން ކޮށްފައިވާ ފުލެޓާއި، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތުގައި ދެމަފިރިން ކުރެ ކުރިމަތި ލެވެނީ އެކަކަށެވެ. ނުވަތަ  ޖޮއިންޓްކޮށްނެވެ. އަދި ފިރިމީހާ ނުވަތަ އަނބިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަވެސް، ފުލެޓަށް ކުރިމަތި ނުލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު