ENGLISH
14 ނޮވެމްބަރު 2025
"ދިވެހިންގެ ރާއްޖެ" ބިޔަ ޖަލްސާ އަށް އަތޮޅުތަކުން މީހުން މާލެ އަށް
14 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ "ދިވެހިންގެ ރާއްޖެ" ބިޔަ ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުން ގިނަ ބަޔަކު މާލެ ޖަމާވާން ފަށައިފި. މި ޖަލްސާ އާޓިފިޝަލް ބީޗުގައި ފަށާނީ މިރޭ 8:30 ގައި. ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމްކުރާ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ތަގްރީރު ކުރައްވާނެ. މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅިގެން ބާއްވާ މި ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުން ވަރަށް ފޯރީގައި އިއްޔެ އާއި ރޭގެ ވަރަށް ދަންވަންދެން ވެސް ވައިގެ މަގުން މީހުން އައީ މާލެ އަންނަމުން. އަދި ކަނޑު މަގުން ވެސް މިއަދު އަންނަނީ ގިނަ ބަޔަކު މާލެ އަންނަމުން.