ENGLISH

14 ނޮވެމްބަރު 2025

Advertisement

ކޮންގްރެސްގެ ބޮޑު ޖަލްސާ: ޓްރެފިކް ފްލޯއަށް ބަދަލެއް

14 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ޓްރެފިކް ފްލޯއަށް ގެންނަ ބަދަލު އަންގައިދޭ ޗާޓް

މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނަ ޖަލްސާއަކީ މި ފަހުން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ. މިއީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން "ދިވެހީންގެ ރާއްޖެ" ނަމުގައި ބާއްވާ ޖަލްސާ އެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

ޓްރެފިކް ފްލޯއަށް ގެންނަ ބަދަލު އަންގައިދޭ ޗާޓެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

މިފަދަ ކޮންމެ ޖަލްސާއެއް / ބައްދަލްވުމަކާއި ގުޅިގެން އެ ސަރަޙައްދެއްގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް ފުލުހުން އެ ސަރަޙައްދެއްގެ ސަލާމަތީ ކަންކަން ބަލަހައްޓަ އެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުގެ ރަށްތަކުން އެތައް ހާސް ބަޔަކު ވަނީ މާލެ އަރާފަ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު