ENGLISH

14 ނޮވެމްބަރު 2025

Advertisement

"ދިވެހީންގެ ރާއްޖެ" ޖަލްސާއަށް މިއަދުވެސް ގިނަ ބަޔަކު މާލެ އަންނަނީ

14 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މިރޭ ބާއްވާ "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުގެ ރަށްތަކުން އެތައް ސަތޭކަ ބަޔަކު މިއަދުވެ ސް މާލެ ދަތުރުކުރަމުން އެބަގެންދެއެވެ.

މާލެއާ ކައިރި އަތޮޅުތަކުން ލޯންޗުތަކުގައި މިއަދު ހެނދުނު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިސްފައެވެ.

ޕީއެންސީން ވަނީ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ އެވެ. އެގޮތުން "މަރުހަބާ ޓީމް" ނަމުގައި ބޮޑު ޓީމެއް އެކުލަވާލާފައިވެ އެވެ. އެ ޓީމުން ގެންދަނީ ޖަލްސާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔަމުންނެވެ. އަދި ޕާޓީގެ އިންތިޒާމްތަކުގެ މައުލޫމާތު ހިއްސާކުރެ އެވެ.

މިރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނަ ޖަލްސާއަކީ މި ފަހުން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ. މި ޖަލްސާގެ ފޯރިގަދަވެ "މަވެސް ދާނަން" ނަމުގައި ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާއި އެކްޓިވިސްޓުން ގެންދަނީ ބޮޑު ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.

މިރޭ އޮންނަ ބޮޑު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ޖަލްސާގައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.

މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްއެމްޓީވީން ވަގުތުން ގެނެސްދޭނެ އެވެ. އަދި ޖަލްސާއާ ގުޅޭ މައުލޫމާތުތައް އެމްއެމްޓީވީން ގެނެސްދެމުން ގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު