ENGLISH

12 ނޮވެމްބަރު 2025

Advertisement

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

12 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ލަންކާގެ މަސް ބޯޓް: ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު

ދިވެހި ސިފައިންގެ ވައިގެ ބާރުން ޑްރޯނު މެދުވެރިކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 350 ކިލޯއަށްވުރެ ގިނަ ޑްރަގާއެކު އަތުލައިގަތް ލަންކާގެ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓޫން އަމުރުކޮށްފިއެވެ. 

މި ފަސް މީހުންގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ކުށުގެ ތުހުމަތެވެ. އެ ފަސް މީހުން ބަންދުގައި ބައިތިއްބަން ކޯޓުން ކުރި އަމުރުގައި ބުނެފައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތުކުރާ ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ކުށްވެރިންގެ ނެޓުވޯކަކުން ހިންގާފައިވާ ކުށެއް ކަމުގައި ބެލެވެއެވެ. 

މި މައްސަލާގައި ބަންދުކުރި ފަސް މީހުންނަކީ ލަންކާއަށް ނިސްބަތްވާ މީހުންނެވެ. އެމީހުންނަކީ: 

  • ކޭ އެން އައި ޕެއިރިސް، 39
  • ސިންގައްޕުލިގެ ނިމަލް ރަންޖިތު، 63
  • ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34
  • މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ، 42
  • ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ، 28

ސިފައިން ޑްރޯނު މެދުވެރިކޮށް ހޯދި މި ބޯޓު ފުލުހުން ބަލައިފާސްކުރުމުގެ ތެރެއިން އެ ބޯޓުުން 355.9 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. އެތަކެތި ހުރީ 24 ގޯނީގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މަސްތުވާތަކެތީގެ ތެރެއިން ގިނައީ 58.6 ކިލޯގެ ހެރޮއިންއާއި 297.3 ކިލޯގެ މަތަމްފެޓަމިންއެވެ. 

މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު