ENGLISH

12 ނޮވެމްބަރު 2025

Advertisement

ތުރުކީގެ އަސްކަރީ ކާގޯ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

12 ނޮވެމްބަރު 2025

|

ހަސަން އާމިރު

ތުރުކީގެ އަސްކަރިއްޔާގެ ކާގޯ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސްގެ މެޖެސުގައި ވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ތުރުކީ ސަރުކާރާއި ރައްޔިތުން އަދި ބޯޓު ވެއްޓުނު ހާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ހާދިސާގައި ނިޔާވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ކުރައްވަމުން ރައީސް ވަނީ އެ މީހުންގެ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. 

ތުރުކީ އަށް ދިމާވި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހި ރާއްޖެ އޮތްކަން ރައީސްގެ މެސެޖްގައި ވަނީ ހާމަކުރައްވައިފަ އެވެ.

ތުރުކީގެ ވައިގެ ސިފައިންގެ ކާގޯ މަތިންދާބޯޓު އިއްޔެ ވެއްޓުނީ އާޒަބައިޖާން އާއި ޖޯޖިއާގެ ސަރަހައްދީ ރޮނގާ ކައިރިއަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 20 މީހުން ވަނީ މަރުވެފަ އެވެ. ވެއްޓުނީ 57 އަހަރުވެފައިވާ ބޯޓެކެވެ. ބޯޓު ވެއްޓުނު ހާދިސާ އަށް ފަހު ތުރުކީ އާއި އާޒަބައިޖާން އަދި ޖޯޖިއާ ގުޅިގެން ވަނީ ރެސްކިއު އޮޕަރޭޝަނެއް ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު