ENGLISH
03 ނޮވެމްބަރު 2025
އެމްއެސްއެމްއީ އެވޯޑްސްގައި ޢާންމުންގެ ވޯޓާއެކު ދޭ އެވޯޑުތަކަށް ވޯޓު ލުމަށް ހުޅުވާލި ފުރުޞަތު މިރޭ ހަމަވާނެ
03 ނޮވެމްބަރު 2025
|
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025 ގައި ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތަކަށް ވޯޓު ލުމުގެ މުއްދަތު މިރޭ 12:00 ގައި ހަމަވާނެއެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025 އަކީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
ތަފާތު 11 ގިންތިއަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ މި ބައިގައި ހަތް ދާއިރާއަކުން ވާދަކުރާ ވިޔަފާރިތައް ވަނީ ކަނޑައަޅައިފައެވެ.
ތިރީގައި މިވަނީ ޢާންމުން އެސް.އެމް.އެސް މެދުވެރިކޮށް ވޯޓު ލުމަށް ހުޅުވާލާފައިވާ ދާއިރާތައް
1- ކާބޯތަކެތި އުފެއްދުމުގެ ދާއިރާ
ހ- މައި ކޭކްސް އެންޑް ސްވީޓްސް
ށ- ޕަލާޓޯ
ނ- ފުޑީސް
ރ- ބާބާ ކާޑިޔާ
ބ- މެރާކީ
2- ލައިފް ސްޓައިލް ބްރޭންޑް
ހ- ޓްރޮޕިކަލް ޑިޒައިންސް
ށ- ޝޮޕް އެޓް މަރީ
ނ- އައިލެންޑް ޓަޗް މޯލްޑިވްސް
ރ- ޓޮޑީ
ބ- ބަސްކް
3- އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ
ހ- ފާތިމާ
ށ- ލައިބާ
ނ- ލިންކޯ
ރ- މުނިކާ
ބ- ފަލަކް
4- މުނިފޫހިފިލުވުމުގެ ދާއިރާ
ހ- ޑިޓިއުން ބޭންޑް
ށ- ސާދަތިރީސްއަށެއް
5- ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާ
ހ- އޮއެވާލި އާޓް ޝޮޕް
ށ- ބައިބީޒް
ނ- މެކްރަމާ
ރ- ލެވެލިއަރ
ބ- އަބުޑީ މޯލްޑިވްސް
6- ފޮޓޯގްރެފީގެ ދާއިރާ
ހ- އައިކެންޑީ
ށ- ލައިޓްސް އައުޓް
ނ- ސާރިމް ފޮޓޯސް
7- އެންމެ މަޤުބޫލު މާކެޓިންގ ފަރމް
ހ- ލޫޕް ކްރާފްޓް
ށ- ޕަބްލިސިޓީ ބިޔުރޯ
ނ- އޯޕަން ސްކައި ގްރޫޕް
ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކުގެ އިތުރުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކުން ވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކުން އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ އިވެލުއޭޝަން މަރުޙަލާ މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެ އެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި ދެވޭ މި އެވޯޑުތަކަށް އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ.
"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ޤައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.