ENGLISH

29 އޮކްޓޯބަރު 2025

Advertisement

ސިނގިރޭޓު ވައްކަމުގެ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި

29 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއް ނައްތާލުން. ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓުގެ މައްސަލަތަކެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މިއަދު މަޤާމުން ވަކިކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށްފައިވާ، "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުގައި ތިއްބެވި ދެބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ސިނގިރޭޓުގެ އެ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްގެ އިތުރުން ތިން މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ވަނީ އަންގަވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު