ENGLISH

29 އޮކްޓޯބަރު 2025

Advertisement

މި ހިނިތުންވުން ފެނުނަސް "ލިލީ" ގެ ފަހަތުގައި ލޯތްބާއި ވޭނާއި ކެކުޅުން

28 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ހިންނަވަރަށް މަޝްހޫރު ލިލީގެ ގޮތުގައި ތައާރަފުވި ލިލީގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް ކްރިއޭޓިވް ނެޓްވޯކުން ހާމަކޮށްފި އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު “ލިލީ” ގެ ރަސްމީ ޓްރެއިލާ އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ގާތްގަނޑަކަށް 2 މިނެޓުގެ މި ޓްރެއިލާގައި ގިނަ ވާހަކަތަކެއް ބުނެދިން ނަމަވެސް ފިލްމުގެ ސަސްޕެންސް ވަނީ ހިފަހައްޓައިފަ އެވެ.

ގަދަފަދަ، ބިރުކުޑަ ލިލީގެ އިތުރުން ފިލްމުގައި އަނިޔާއާއި، ވޭން އަދި ކެކުޅުންވެސް ފެނެ އެވެ. މީގެ އިތުރުން ލޯބީގެ މަންޒަރުތަކެއްވެސް މިފިލްމުން ފެންނާނެކަމަށް ބެލެވެ އެވެ.

ބަތަލާ އައިޝާ އަލީގެ ދެ ކެރެކްޓާއެއް ފެންނާނެކަމަށް ބެލެވޭއިރު އަހުމަދު ނިމާލް، މަރިޔަމް ހަލީމް އަދި އަލީ ފާރޫގު ފެންނަނީ ވަރަށް ނުބައި ކެރެކްޓާތަކަކުންނެވެ. ފިލްމުގައި އަހުމަދު ޝާރިފް ފެންނަނީ ވަރަށް ލޯބީގެ މަންޒަރުތަކަކުންނެވެ. މުހައްމަދު އިޝްފާންގެ ތަފާތު ރޯލެއް ފެންނައިރު އޭނާ މޮޔަވެފައި އިންނަ ކަހަލަ މަންޒަރުތަކެއްވެސް ޓްރެއިލާއިން ފެނެއެވެ. މަރިޔަމް ޝިމާގެ މުހިންމު ރޯލެއް ފިލްމުން ފެންނައިރު އޭނާގެ ރޯލު މުޅިން ސާފެއް ނުވެ އެވެ.

ނިމިދިޔަ އަހަރު “މީ އިޝްގް” ގެނަސްދިން އަޒްހާން އިބްރާހިމް ޑައިރެކްޓު ކުރާ “ލިލީ” އަކީ ކްރިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގަ އެވެ.

ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. ފިލްމުގެ މަންޒަރުތައް ވަރަށް ހިތްގައިމެވެ. މިއީ ކްރިއޭޓިވް ނެޓްވޯކުގެ ކުޑައިގެ ދަށުން މުހައްމަދު އަރީހު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ލިލީގެ ޓިކެޓު މިހާރު ވިއްކަމުން ދާއިރު ފުރަތަމަ ތިން ޝޯގެ ބޮޑު ބައެއް މިހާރު ވަނީ ފުލްވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ފިލްމުގެ ބޮޑު ހަރަކާތެއް ސޯޝަލް ސެންޓަރުގައި ވަނީ ބާއްވައިފަ އެވެ. އެ ހަރަކާތުގެ ތެރެއިން ފިލްމުގެ ރަސްމީ ޕޯސްޓަރާއި ޓްރެއިލާ ވަނީ އާންމުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު