ENGLISH

26 އޮކްޓޯބަރު 2025

Advertisement

ޑާކްރެއިންގެ އާ ފިލްމަކީ "އަލްވަދާއު" 10 މީހަކަށް ހިލޭ ޓިކެޓް

26 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ޑާކްރެއިންގެ އާ ފިލްމް "އަލްވަދާއު" ގެ ޕޯސްޓަރު --

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމް ސްޓޫޑިއޯ -- ޑާކްރެއިން އެންޓަޓައިމަންޓުން މި އަހަރު ގެނެސްދޭ ފަހު ފިލްމަކީ "އަލްވަދާއު" ކަން ހާމަކޮށްފި އެވެ.

ދާދި ފަހުން "އަލިފާން" ނަމުގައި މޮޅު ފިލްމެއް ގެނެސްދިން ޑާކްރެއިންގެ އާ ފިލްމުގެ ނަން ދިމާކޮށްގެން ޕްރިމިއާ ނައިޓްގެ ޓިކެޓެއް ދިނުމަށް ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ވަނީ ނަން ދިމާކުރުމަށް މެސެޖުކޮށްފަ އެވެ. އެގޮތުން ހާހަކަށް ވުރެ ގިނަ މީހުން މެސެޖުކުރި އެވެ.

އެވަރުގެ ބޮޑު ތަރުހީބެއް ލިބުމުން ޑާކްރެއިން އިން ނިންމީ ޕްރިިމިއާ ނައިޓުން 10 މީހަކަށް ފުރުސަތު ދޭށެވެ. އެ ގޮތުން ގުރުއަތުން ވަނީ އެ މީހުން ހޮވާފަ އެވެ.

"އަލްވަދާއު" އަކީ ޒުވާން ހުށައެޅުންތެރިޔާ ޝަހުދާ މަހްމޫދުގެ ސްކްރީންޕްލޭ އަކަށް އުފައްދާ ފިލްމެކެވެ. މި ފިލްމް ޑައިރެކްޓަރަކީ ޑާކްރެއިންގެ ރީތި ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ފިލްމުގެ ލީޑް ރޯލުން ފެންނަނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. މީގެ އިތުރުން ދިވެހި ފިލްމީ އިންޑަސްޓްރީގައި އަދިވެސް އެފަދަ ދެވަނައެއް ނެތް މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި ޝީލާ ނަޖީބް ވެސް ފެނިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު