ENGLISH
19 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް އެސްޓީއޯ އިން ހެޔޮ އަގުގައި ވިއްކަން ފަށައިފި
15 އޮކްޓޯބަރު 2025
|
އަސާސީ ކާބޯތަކެތީގައި ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯ އިން އެތެރެކޮށް ހެޔޮއަގުގައި މިއަދު ވިއްކަން ފަށައިފި އެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، އިތުރުކުރި 23 ބާވަތް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މިއަދުން ފެށިގެން ވަނީ ވިއްކަން ފަށައިފަ އެވެ.
އެސްޓީއޯ އިން ބާޒާރަށް ނެރުނު 23 ބާވަތް:
އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައެވެ. އަދި އަންނަ ބަދަލުތަކާ އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެއެވެ. އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯ އަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
އެސްޓީއޯގެ އަމާޒަކީ ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.