ENGLISH
03 އޮކްޓޯބަރު 2025
ގިނަ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަކީ ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް: ފިރާގު
22 ސެޕްޓެމްބަރު 2025
|
މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު
އެކި ހިސާބުތަކުގައި އޭޓީއެމް ބެހެއްޓުމަކީ ހަމައެކަނި އަމަލީ ފިޔަވަޅެއް ނޫން ކަމަށާ މުސްތަގުބަލަށް ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
ފިރާގު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ މިފަދަ ޕޯސްޓެއް ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދިނުމެވެ. މިހާތަނަށް އެއްވެސް ވެރިއެއްގެ ވިސްނުމުގައި ނެތް އެކަން ރައީސް މުޢިއްޒު ފައްޓަވާ އެމަނިކުފާނު ވަޑައިގަންނަވާ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަވާ ޚިދުމަތް ފައްޓަވަމުން ގެންދަވާތީ ވާދަވެރީން ގެންދަނީ ސިޔާސީ ގޮތުން ދެކޮޅު ނުޖެހޭ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.
ފިރާގު ވިދާޅުވީ ގިނަ ރަށް ތަކުގައި އޭޓީއެމް ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަކީ ބޭންކަށް އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.
އެގޮތުން ދަތުރުކުރާ ފަތުރުވެރިންގެ ދަތުރުތައް އެއްވަރަކަށް ކުރިއަށްދާއިރު، އެކްސެސިބަލް އޭޓީއެމްތައް ހުރުމުން ފަސޭހަކަމާއެކު ސީދާ ބޭންކިން ނިޒާމުން ފައިސާ ނެގޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
".. މިއީ ފަތުރުވެރިންނަށް އިތުރުވހޭދަ ތަށް ކުރުމަށް ފަސޭހަކަން އިތުރުކޮށްދިނުމުގެ އިތުރުން ބޭންކު އަށް އިތުރު ޔޫއެސްޑީ އިންފްލޯތައް ލިބި މެނޭޖްކުރެވޭނެ ކަމެއް ވެސް މެ,"
މިވަގުތު ގެސްޓްހައުސްތަކާއި ހޮޓަލްތަކުގައި މަޑުކުރާ ގިނަ ފަތުރުވެރިން ހޮޓަލުގެ ޕީއޯއެސް ސިސްޓަމް އިން މެދުވެރިކޮށް ފައިސާ މާރުކުރާކަން ފާހަގަ ކުރައްވާ މިފަދަ ހާލަތްތަކުގައި އަބަދު ބޭރު ފައިސާގެ ކޮންޓްރޯލް ހަރުދަނާ ގޮތަކަށް ބޭންކުތައް މެދުވެރިކޮށް މުއާމަލާތްތައް ނުހިނގި ދާނެކަން ފިރާގު ފާހަގަކުރެއްވި އެވެ. އެހެން ކަމުން އޭޓީއެމްތަކުގެ ޙިދުމަތް ފުޅާކޮށްގެން ބޭންކަށް މި މުޢާމަލާތްތައް މޮނިޓާ ކުރެވޭނެ ފައިދާހުރި ގޮތެއް ކަމުގައި ވިދާޅުވި އެވެ.
މިއީ އާޚިރުގައި ހާމަކަން ބޮޑުވެ، ބޭންކިން ނެޓްވޯކްގެ ތެރޭގައި ބޭރު ފައިސާ ދައުރުވުން އިތުރުކޮށްދޭ ކަމެއް ކަަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އޭޓީއެމްތަކުގެ ސަބަބުން ނުރަސްމީ ކޭޝް ޗެނަލްތަކަށް ބަރޯސާވުން މަދުވެ، ނިޒާމަށް އިތުރު އިތުބާރު އުފެދި، ބޭންކިން ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށް ވެސް ދިގު މުއްދަތުގެ ފައިދާތަކެއް ލިބިގެންދާ ކަމަށް ފިރާގު ވިދާޅުވި އެވެ.
އަދި މިއީ ފަތުރުވެރިންނަށް އެއީ އެމީހުންގެ ފައިސާ ރައްކާތެރިކަމާއެކު ލިބޭނެކަން އެނގި އިތުބާރު އިތުރުކޮށްދޭ ކަމެއް ކަމެއް ކަމަށާ މިއީ ބޭންކަށް ބޭރު ފައިސާގެ ހިފެހެއްޓުމެއް ބިނާކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކި ހިސާބުތަކުގައި އޭޓީއެމް ބެހެއްޓުމަކީ ހަމައެކަނި އަމަލީ ފިޔަވަޅެއް ނޫން މުސްތަގުބަލަށް ސްޓްރެޓެޖިކް އިންވެސްޓްމަންޓެއް ކަމަށް ވެސް ދެކެމެވެ. ރިސޯޓުތަކުގަވެސް ބެހެއްޓޭނަމަ ބަހައްޓަންވެސް ވީ," ފިރާގު ވިދާޅުވި އެވެ.