ENGLISH

03 އޮކްޓޯބަރު 2025

Advertisement

ޑާކާ އޭޝިއަން ޓޫރިޒަމް ފެއަރ 2025 ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވެއްޖެ

22 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބަންގްލަދޭޝްގައި ބައިވެރިވި ފެއަރ. ފޮޓޯ: ވިޒިޓް މޯލްޑިވްސް

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ އޭޝިއަން ޓޫރިޒަމް ފެއަރ 2025 ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ. 

ޑާކާގައި ފެއަރ ކުރިއަށްދިޔައީ ސެޕްޓެމްބަރު 18 އިން 20 އަށެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފެއަރގައި ބައިވެރިވީ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެންނެވެ. 

ފެއަރގައި އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކާއި ހިއްސާދާރުންގެ އަދި ސަރުކާރުތަކުގެ މުވައްސަސާތަކުންނާއި، އޭޖެންސީތަކުން ވަނީ ބައިވެރިވެފައެވެ. ފެއަރ މެދުވެރިކޮށް ވިޔަފާރިތަކާއި ކުންފުނިތައް އަދި ސަރުކާރު މުވައްސަސާތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމާއި، އެކުގައި ކުރިއަށް ދެވޭނެ ގޮތްގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފަހި ފުރުސަތުތަކެއް ލިބިގެން ދިޔަކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ. 

ފެއަރގެ މައިގަނޑު ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ކުންފުނިތަކާއި މުވައްސަސާތައް ގުޅުވައިދޭ ހާއްސަ އެގްޒިބިޝަނެއް ބޭއްވުން ހިމެނެއެވެ. 

އިތުރު އިވެންޓްތަކުގެ ގޮތުގައި، ގްރީން އިނިޝިއޭޓިވް ޝޯކޭސް، ކޮމިއުނިޓީ-ބޭސްޑް ޓޫރިޒަމް މާޓްސް، އަދި ފަތުރުވެރިކަމާ ގުޅުންހުރި ކޮންވެންޝަންތަކާއި، ސެމިނާ، ވޯކްޝޮޕްތަކުގެ އިތުރުން އާދަކާދަތަކާއި އާއި ސަގާފަތް ދައްކުވައިދޭ މިއުޒިކީ ހުށަހެޅުންތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެން، ފެއަރގައި ބައިވެރިވި އެގްޒިބިޓަރުންނަށް އެފަރާތްތަކުގެ ވިޔަފާރިއާ ގުޅުންހުރި ޑިޖިޓަލް ބްރައުޗާތަކާއި ވީޑިއޯ އަދި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލް ބޭނުންކޮށް، ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ތަކެތީގެ މައުލޫމާތު ފެއާގެ ބައިވެރިންނަށް ހިއްސާކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު