ENGLISH
03 ޖުލައި 2025
އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސިން ދާއިރާތަކުން ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
02 ޖުލައި 2025
|
ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމިކް ފައިނޭންސިން ދާއިރާތަކުން ކިޔަވަން ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލައިފިއެވެ.
އެމްއެމްއޭ އިން އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ އިސްލާމީ މާލީ ދާއިރާތަކުން ކިޔަވަން 35 ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލާފައެވެ.
އެމްއެމްއޭ އިން ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލީ މިދިޔަ ފެބްރުވަރީ މަހު އެ އިދާރާއިން ތައާރަފްކުރި "އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް" ގެ ދަށުންނެވެ. އެއީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.
އެމްއެމްއޭއިން ހުޅުވާލި 35 ސްކޮލަރޝިޕަކީ ވެސް މެލޭޝިއާގެ ޔުނިވަރސިޓީތަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.
އެމްއެއޭ އިން ބުނީ ކޯހަށް ޝަރުތުހަމަވާނީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ދިވެހިން ކަމަށެވެ.
ސްކޮލަރޝިޕްތަކަށް ހުށަހެޅުމުގެ ސުން ގަޑިއަކީ 2025 ޖުލައި 17 ވަނަ ދުވަހުގެ 11:59 އެވެ.