ENGLISH
03 ޖޫން 2025
ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ނިމުމަކާ ގާތަށް
01 ޖޫން 2025
|
ކުރީގެ އޭޖީ މުހައްމަދު މުނައްވަރު - ފޮޓޯ: ރައީސް އޮފީސް
އޭޕްރީލު މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށާއި އެ މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރިޕޯޓް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނާ ހަވާލުކުރި މަސައްކަތް ނިމެން ގާތްވެފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ތަހުގީގުގެ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތްކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މައްސަލައިގެ ފައިނަލް ރިޕޯޓް އެކުލަވާލުމަށްފަހު އެ ރިޕޯޓު ރައީސަށް ހުށަހެޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު އެގޭގައި އުޅުނު ގ. އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޒިލާލު އާ ވެސް އެ ކޮމިޝަނުން ބައްދަލުކޮށްފައިވެއެވެ.
ރިޔާސީ ކޮމިޝަނުން ޕޯޓަލެއް ގާއިމުކޮށް މި މައްސަލައާ ގުޅޭ ގޮތުން ކޮމިޝަނާ މައުލޫމާތު ހިއްސާކުރަން ބޭނުންވާ އާއްމުންނަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. އަދި އެ ކޮމިޝަނުގެ އޮފީހަށް ޒިޔާރަތްކޮށްގެންނާއި ލިޔެކިޔުން މެދުވެރިކޮށް ކޮމިޝަނާ މައުލޫމާތު ހިއްސާކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލަައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް އެ މައްސަލައާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަަފުންނާވެސް އެ ކޮމިޝަނުން ވަނީ ބައްދަލު ކޮށްފައެވެ.
ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވަނީ، އިންސާފުވެރި ތަޙުޤީޤެއް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އޭނާއަށް ނުވަތަ ކޮމިޝަނަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.