ENGLISH
09 މޭ 2025
ހުއްޓިފައި އޮތް ކިނބިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް
08 މޭ 2025
|
ކިނބިދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް މަތިން ނަގާފައިވާ މަންޒަރެއް. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކޮޅުމަޑުލު ކިނބިދޫގައި ޤާއިމުކުރަން ނިންމާފައިވާ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ކުރިއަށްގެންދަން ފަށައިފިއެވެ.
ތ. ކިނބިދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަޝްރޫޢަކީ ނިމިދިޔަ ސަރުކާރުން ގާތްގަނޑަކަށް 4.9 މިލިއަން ރުފިޔާ އަށް ކުރުމަށް ހަވާލުކުރި މަސައްކަތެކެވެ.
އެހެންނަމަވެސް، މި ސަރުކާރު ހަވާލުވިއިރު އޭރު އެ މަޝްރޫޢު ހަވާލުކޮށްފައި އޮތް ކުންފުނިން އެ މަސައްކަތްތައް ކުރިއަށްނުގެންދާތީވެ، އެއްބަސްވުން ބާޠިލްކުރި އެވެ. ފަހުން ދަނޑުގެ ސަބް-ބޭސް މަސައްކަތުގެ ނުނިމި އޮތް ބައި ފުރިހަމަކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ގާތްގަނޑަކަށް 699،924.18 ރުފިޔާ އަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު ޕްރޮޖެކްޓްތައް ފުރިހަމަކުރުމުގެ ޕްރޮގްރާމް ސަރުކާރުން މިދިޔަ އަހަރު ފެށިއިރު، އެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާފައެވެ. މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ދަނޑުތައް ތަރައްޤީކުރުމެވެ.