ENGLISH
27 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި
13 މާރިޗު 2025
|
ސުޕްރީމް ކޯޓް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަވިސަސް ކޮމިޝަން (ޖޭއެސްސީ)އިން އަލުން ހުޅުވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު ޙުސްނުއް ސުޢޫދު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ އޭނާއާމެދު ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އީސީސީ)އިން ތަހުގީގުކުރަމުންދާކަން ޖޭއެސްސީއަށް އެންގުމާ ގުޅިގެން އޭނާ ސަސްޕެންޑުކުރުމުންނެވެ.
އޭނާ ސަސްޕެންޑުކުރި ފަހުން އިތުރު އެހެނިހެން ބައެއް މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލަތައް އެ ކޮމިޝަނުން ބަލަން ފެށިއެވެ.
ސުއޫދު އިސްތިއުފާދެއްވައި ފޮނުއްވި ސިޓީ ޖޭއެސްސީއަށް ލިބުމާ ގުޅިގެން އެ ކޮމިޝަނުން ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އޭނާ ވަކިކޮށްފައެވެ.
އަދި ފަނޑިޔާރު ކަމަށް ހުޅުވާލި އެވެ. އެ ފުރުސަތު މިއަދު ބަންދުވީއިރު ކުރިމަތިލެއްވީ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އެކަނި ކަމަށްވެ އެވެ.
ޖޭއެސްސީން މިރޭ ކުރި އިއުލާނުގައި ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވައިލީ ފުރަތަމަ ފުރުސަތުގައި އެކަށީގެންވާ އަަދަދެެއްގެ އެޕްލިކޭޝަން ލިބިފައި ނުވާތީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
އެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ
ފަނޑިޔާރު ސުއޫދު ސަސްޕެންޑުކުރުމުން އިސްތިއުފާދެއްވިއިރު އިތުރު ދެ ފަނޑިޔާރަކާ ގުޅޭ މައްސަލަތަކެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.