ENGLISH
27 މާރިޗު 2025
ޗައިނާ ސަރުކާރުން ދޭ މާސްޓަރސް ޑިގްރީ ސްކޮލަޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި
12 މާރިޗު 2025
|
ދަސްވެނިވުން ޖަލްސާއެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ. ފޮޓޯ: އެމްއެންޔޫ
އެންމެ މަޤްބޫލު
ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ހިންގުމަށް ހަމަޖެހިފައިވާ 'ޔޫތު އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް' ސްކީމްގެ ދަށުން ޗައިނާގައި ހިންގާ މާސްޓަރސް ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ގެޒެޓުގައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމާއި އެކު، ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ.
އެ ވުޒާރާއިން ބުނީ މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މާރިޗު 30 ވަނަ ދުވަހުގެ ކުރިން ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ސިސްޓަމް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން، އޭގައި ބަޔާންކުރާ ހުރިހާ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޔޫތު އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ އެކި ސަރަހައްދުތަކުން 200 ދަރިވަރުންނަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާސްޓަރސް ލެވެލްގެ އެ ޕްރޮގްރާމް ކުރިއަށްދާނީ އެއް އަހަރުގެ މުއްދަތަކަށެވެ.