ENGLISH
27 މާރިޗު 2025
އަހަރުގެ ދެވަނަ ކްރޫޒްލައިނާއިން 1274 ފަތުވެރިން ރާއްޖެ އަތުވެއްޖެ
12 މާރިޗު 2025
|
މިއަހަރު ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާ. އެ ކްރޫޒްލައިނާއިން އައި މީހުންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފަ. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
އެންމެ މަޤްބޫލު
މިއަހަރު ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާއިން 1274 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ 'އެމްއެސް ޒިޑާޑަމް' ނަމަކަށް ކިޔާ ކްރޫޒްލައިނާ މާލޭ ބޭރުގައި ބަނދަރުކުރީ މާރިޗު 9 ވަނަ ދުވަހު ކަމަށެވެ. އެ ކްރޫޒްލައިނާގައި 1274 ފަތުރުވެރިންނާއިއެކު 751 ފަޅުވެރިން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން މިހާރު ވަނީ ކްރޫޒްލައިނާގައި ރާއްޖެ ޒިޔާރަތްކުރި މީހުންނަށް ކްލިއަރެންސް ދީފައިކަމަށެވެ.
މި މަހު ރާއްޖެ އައި ކްރޫޒްލައިނާގެ ބައެއް މެމްބަރުނާއެކު އިމިގްރޭޝަންގެ އޮފިސަރުން. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
މިއަހަރު ރާއްޖެ އައި އެންމެ ފުރަތަމަ ކްރޫޒްލައިނާ މާލޭ ބޭރުގައި ބަނދަރުކުރީ ޖަނަވަރީ މަހުގެ ކުރީކޮޅުއެވެ. އެ ކްރޫޒްލައިނާއިން 632 މީހަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދިނެވެ. އެއީ 216 ފަސިންޖަރުންނާއި 416 ކްރޫއިންނެވެ. އެ ބޯޓު ރާއްޖެ އައީ ސީޝެލްސްއިން ފުރައިގެންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ބޭރުގެ ބޮޑު ދެ ކްރޫޒްލައިނާ ރާއްޖެ އައިސްފައިވެއެވެ. އެގޮތުން އެ ދެ ކްރޫޒްލައިނާއިން ރާއްޖެ ޒިޔާރަތްކުރި 4658 މީހުންނަށް އެފަހަރު އިމިގްރޭޝަނުން ކްލިއަރެންސް ދީފައިވެއެވެ.
ރާއްޖެ ޒިޔާރަތްކުރާ ކްރޫޒްލައިނާތައް ގިނަވެފައިވާއިރު، ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.