ENGLISH

21 ޖުލައި 2026

Advertisement

އުފާފާޅުކުރުންތަކުގެ ތެރެއިން ސްޕެއިންގެ ކުޑަކުއްޖަކު މަރުވެއްޖެ

20 ޖުލައި 2026

|

އިސްމާއިލް ޝާހު

ފެން އަރުވާ ވަޑާމެއްގެ ބައެއް ވެއްޓި ހާދިސާ ހިނގި ސަރަހައްދު ---

ސްޕެއިންގެ ޤައުމީ ފުޓްބޯޅަ ޓީމުން ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން ކުރިއަށްދިޔަ އުފާފާޅުކުރުންތަކުގެ ތެރޭގައި، އެ ޤައުމުގެ ހުޅަނގު ސަރަހައްދެއްގައި ހުރި ފެން އަރުވާ ވަޑާމެއްގެ ބައެއް ވެއްޓި ހިނގި ހާދިސާއެއްގައި 13 އަހަރުގެ ކުއްޖަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި، ޕޯޗުގަލްގެ ބޯޑަރު ކައިރީގައި އޮންނަ ސަލަމަންކާ ޕްރޮވިންސްގެ ސިއުދާދު ރޮޑްރިގޯގައެވެ. ގާތްގަނޑަކަށް 12،000 މީހުންގެ އާބާދީއެއް އޮންނަ މި ތާރީޚީ ސިޓީގެ މެދުތެރޭގައި ހުންނަ "އާބޯލް ގޯޑޯ" ފެން އަރުވާ ވަޑާން ކައިރިއަށް، ސްޕެއިން މޮޅުވުމުގެ އުފާފާޅުކުރުމަށް އެތައް ސަތޭކަ ބަޔަކު އެއްވެފައި ވަނިކޮށް، އެ ބިނާގެ މަތީބައި ނެއްޓިގެން ގޮސް މީހުންގެ ގައިގައި ޖެހުނީއެވެ.

މި ހާދިސާއާ ގުޅިގެން ސިއުދާދު ރޮޑްރިގޯގެ މުނިސިޕަލްޓީން ނެރުނު ބަޔާނެއްގައި، މަރުވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައިވެއެވެ.

"މުޅި ސިޓީ މިއަދު މިވަނީ މި ހިތާމައިގައި ބައިވެރިވެފައި. މަރުވި ކުއްޖާގެ އާއިލާ އާއި ރައްޓެހިންނަށް ކުރިމަތިވި މި ފުން ހިތާމައިގައި އަޅުގަނޑުމެން ބައިވެރިވަން. ސްޕެއިންގެ ގައުމީ ޓީމު ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ބާއްވަން އުޅުނު އުފާވެރި ފާހަގަކުރުންތައް މިވަނީ ބޮޑު ހިތާމައަކަށް ބަދަލުވެފައި،" އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު