ENGLISH

27 ޖުލައި 2026

Advertisement

ރަތްކަނޑުގެ މަގުތައް ބަންދުވެދާނެކަމުގެ ބިރާއެކު ތެލުގެ އަގު މައްޗަށް

17 ޖުލައި 2026

|

އައިމިނަތު ޝަފާ

މެދުއިރުމަތީގެ ހަނގުރާމައާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 85.76 ޑޮލަރަށް އަރާފައި.

ރަތްކަނޑުގެ މަގުތައް ބަންދުވެދާނެކަމުގެ ބިރާއިއެކު ތެލުގެ އަގު އަނެއްކާވެސް މައްޗަށް ގޮސްފިއެވެ.

ތެލުގެ އަގު މައްޗަށް ދިޔައީ އެމެރިކާއިން އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދީފިނަމަ، ރަތްކަނޑުގެ ތެޔޮ ސަޕްލައިކުރާ މައި މަގު ބަންދުކުރުމަށް ތައްޔާރުވުމަށް އީރާނުން ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނަށް އަންގާފައިވަނިކޮށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް ދެ އިންސައްތަ ވަނީ މައްޗަށް ގޮސްފައެވެ. މިހާރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 85.76 ޑޮލަރަށް އަރާފައެވެ. ހުރުމުޒް ކަނޑުއޮޅިން ކުރާ ދަތުރުތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރަތްކަނޑުގެ މަގުތައް ބަންދުވެދާނެކަމުގެ ބިރު ހީވުމަކީ ކަނޑުމަގުން މުދާ އުފުލުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

ރިޕޯޓުތައް ބުނާގޮތުން އީރާނުން ވަނީ ބާބުލް މަންދަބް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހުރަސް އެޅުމަށް ހޫޘީންނަށް އިރުޝާދު ދީފައެވެ. މިއީ އެމެރިކާއިން އީރާނުގެ މަދަނީ ބިނާރުތަކަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ހުރްމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ރަތްކަނޑުގެ މަގަކީ މި ސަރަހައްދުން ތެޔޮ ބޭރުކުރުމަށް އޮތް އެންމެ މުހިންމު އެއް މަގެވެ. އެހެންކަމުން، މި މަގު ބަންދުކޮށްފިނަމަ ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަގުގައި ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

އަދި މި ކުރިމަތިލުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ވަނީ ގޯސްވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު