ENGLISH
17 ޖުލައި 2026
ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސަރވޭ މި މަހު 25 ގައި
16 ޖުލައި 2026
|
ވީއައިއޭގެ އައު ޓާމިނަލްގައި ފަސިންޖަރުންތަކެއް. --ފޮޓޯ: އެމްއޭސީއެލް
އެންމެ މަޤްބޫލު
ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭއެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މި ސަރވޭ އަކީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ސަރވޭއެކެވެ.
"ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭ" ގެ ނަމުގައި މި ސަރވޭ ކުރިއަށްދާނީ މި މަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ.
އެމްއެމްއޭ އިން ބުނީ، މި ސަރވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤުޞަދު، ދަތުރުކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެ ކަމަށެވެ.
ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މަޢުލޫމާތެއް މި ސަރވޭގައި ބޭނުންނުކުރާނެ ކަމަށާއި، އަދި، އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން އެމްއެމްއޭ އިން ވަނީ ދީފައެވެ.
ސަރވޭ ކުރެވޭ މުއްދަތުގައި، އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ސަރވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ.
މި މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ހުރިހާ ދިވެހީންގެ ފުރިހަމަ އެއްބާރުލުން މި ސަރވޭއަށް ދިނުމަށް އެމްއެމްއޭ އިން އެދިފައިވެއެވެ.