ENGLISH
17 ޖުލައި 2026
ފެލިދޫ ފުލުހުންގެ އިމާރާތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް
16 ޖުލައި 2026
|
ފެލިދޫ ފުލުހުންގެ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ވ. ފެލިދޫގައި އިމާރާތްކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮޅިތައް ހިމެނޭ ބައިގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެލިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފެލިދޫ ފުލުހުންގެ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ފުލުހުންގެ މަރުކަޒުގައި ސެލް ބްލޮކަކާއި ވެހިކަލް ޝެޑެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން، ފުލުހުންގެ މަރުކަޒުތައް މިހާތަނަށް ގާއިމުވެފައި ނެތް ރަށްރަށުގައި އެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ.