ENGLISH

17 ޖުލައި 2026

Advertisement

ކެނދިކުޅުދޫ ފުލުހުންގެ އިމާރާތުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް

16 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކެނދިކުޅުދޫ ފުލުހުންގެ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ނ.ކެނދިކުޅުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި، މިގޮތުން މިހާތަނަށް 12 ފޫޓިންއެއްގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމަތު ދިން ގޮތުގައި މިވަގުތު ކުރިއަށްދަނީ ޓައި ބީމް އެޅުމަށްޓަކައި ދަގަނޑު އެތުރުމާއި ފޯމްވޯކް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ.

ކެނދިކުޅުދޫ ފުލުހުންގެ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ ހުރިހާ ރަށެއްގައި އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި ވަނީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފައެވެ. މީގެއިތުރުން ފުލުހުންގެ މަރުކަޒުތައް ނިންމާ ހުޅުވަމުން އަންނަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު