ENGLISH

16 ޖުލައި 2026

Advertisement

ވެޔޮ ގްރޫޕް އަދި ރާޅު ކްރެސްޓުގެ ފަރާތުން ވޭމަންޑޫގައި ވޮލީ ކޯޓެއް އަޅަން ބޭނުންވާ ސާމާނު ހަދިޔާކޮށްފި

16 ޖުލައި 2026

|

އާމިނަތު ނުޒްލާ

ވޯލީ ކޯޓް އެޅުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތ. ވޭމަންޑޫގެ "ވެޔޮ ގްރޫޕް" އަދި "ރާޅު ކްރެސްޓް" ގެ ފަރާތުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވޮލީ ކޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިއަދު ހަދިޔާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ވޭމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ސާދުނާ މުޙައްމަދު "އެމްއެމް" އަށް ވިދާޅުވީ، އައުޓްޑޯ ވޮލީ ކޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ ތަކެތި މިހާރު ލިބިފައިވާ ކަމަށެވެ. ކޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރަށު ކައުންސިލުން ބިން ހަމަޖައްސައިދިންހާ އަވަހަކަށް މަސައްކަތް ފެށޭނެ ކަމަށާއި، ކޮމިޓީގެ އަމާޒަކީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި ކޯޓު ބޭނުންކުރަން ފެށުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވޯލީ ކޯޓް އެޅުމަށް ބޭނުންވާ ސާމާނު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

ސާދުނާ އިތުރަށް ވިދާޅުވި ގޮތުގައި، ވޭމަންޑޫގައި ވޮލީ ކުޅޭނެ އިންޑޯ ނުވަތަ އައުޓްޑޯ ކޯޓެއް ވެސް މިހާތަނަށް ނެތުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން މި މަޝްރޫޢަކީ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންނާއި ވޮލީއަށް ލޯބިކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ކޮމިޓީން ރާވާފައިވާއިރު، ދައުރުގެ ކުރީކޮޅު މިފަދަ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސާ ސިފަކުރެއްވިއެވެ.

ވެޔޮ ގްރޫޕާއި ރާޅު ކްރެސްޓަކީ ވޭމަންޑޫގެ ތަރައްޤީއަށާއި އިޖުތިމާޢީ ކަންކަމުގައި އަބަދުވެސް ދީލަތި އެހީތެރިކަން ފޯރުކޮށްދޭ ދެ ފަރާތްކަން ފާހަގަކުރައްވައި، ސާދުނާ ވިދާޅުވީ އެ ފަރާތްތަކުން ދައްކަވަނީ އެހެން ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ މިސާލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު