ENGLISH
06 ޖުލައި 2026
ބޯހިޔާވަހިކަމުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރުމަށް، ވައިބަރ ކޮމިއުނިޓީ ގްރޫޕްތަކެއް
06 ޖުލައި 2026
|
ވިނަރެސް ފްލެޓްތައް- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެންމެ މަޤްބޫލު
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި، ބިންވެރިޔާ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް ހަދައިފި އެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެދިފައިވަނީ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި ބިންވެރިޔާ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ވައިބަރ ކޮމިއުނިޓީތަކާ ގުޅުމަށެވެ.
މިގޮތުން ހަރަތު ވައިބަރ ކޮމިއުނިޓީއެއް އުފައްދާފައިވެ އެވެ. އޭގެ ތެރޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ ތިން ވައިބަރ ކޮމިއުނިޓީއެއް ހިމެނެ އެވެ.
ވައިބަރ ކޮމިއުނިޓީ ގްރޫޕްތައް:
- ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ހުޅުމާލެ" ވައިބަރ ކޮމިއުނިޓީ
- ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ގުޅިފަޅު" ވައިބަރ ކޮމިއުނިޓީ
- ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ގިރާވަރުފަޅު" ވައިބަރ ކޮމިއުނިޓީ
- "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ "ބޯހިޔާވަހިކަން އެންމެންނަށް" ވައިބަރ ކޮމިއުނިޓީ
މި ވައިބަރ ކޮމިއުނިޓީތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި އަދާހަމަތައް ލިބިގެންދާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.
ބޯހިޔާވަހިކަން ސްކީމްގެ ދަށުން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަން ބޮޑުވުމަކީ، އެމީހަކު ހުށަހަޅާފައިވާ ފޯމްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޭގުމެވެ. އެހެންކަމުން ފޯމުތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯއްދެވުމަށް މި ވައިބަރ ކޮމިއުނިޓީ ގްރޫޕްތަކަށް ގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.