ENGLISH
20 ޖޫން 2026
"މޯލްޑިވްސް 2.0" ތަސައްވުރަކީ ގައުމުގެ ކުރިމަގު: ވަޒީރު ސައީދު
19 ޖޫން 2026
|
ވަޒީރު ސަޢީދު ޕޭޕަލް ރާއްޖެއަށް ރަސްމީކޮށް ގެނައުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރަކީ ދިވެހި ގައުމުގެ ކުރިމަގު ކަމަށާއި އަލަށް ތައާރަފުކުރެވުނު ޕޭޕަލްއާއެކު ރާއްޖޭގެ ޒުވާނުންނަށް ކުރިން ފަހިވެފައިނުވާ އެތައް ފުރުސަތުތަކެއް ފަހިވެފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފު ކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ވަކި ދާއިރާތަކަކަށް އިގްތިސާދު ބަރޯސާވެފައިވާ ގައުމަކަށްވާއިރު ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތަކާއެކު އެ ޒަމާންވީ ދާއިރާތަކަށް ބަރޯސާވެވެން ނެތްކަން ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވެގެން ރާއްޖެ ކަހަލަ ކުޑަ ގައުމެއްގެ އިގްތިސާދު ކުރި ނާރާނެކަމަށް ވިދާޅުވި އެވެ.
ޕޭޕަލް ރާއްޖެ އައުމަކީ ދިވެހި ފަންނުވެރިންނަށް ހުޅުވިގެންދިޔަ ދޮރެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.
މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާހުކުރި "މޯލްޑިވްސް 2.0" ތަސައްވުރަކީ ދިވެހި ގައުމުގެ ކުރިމަގު ކަމަށް ވަޒީރު ވިދާޅުވި އެވެ.
"2.0 އަކީ ގައުމުގެ ކުރިމަގު، އޭގެ ކުރިމަގު ރައީސް މުއިއްޒު އެވަނީ އިފްތިތާހުކުރައްވާފައި، އޭއައި އަކީ މުސްތަގުބަލް، ޓެކްނޮލޮޖީން ލިބެންހުރި ހައްލުތައް ހޯދުމަކީ އަޅުގަނޑުމެންގެ ޒުވާނުންނަށް އޮތް ކުރިމަގަކީ،". ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީގެ މުސްތަގުބަލު ބައްޓަންކުރާނެގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ގޫގުލް އިން އައްޑޫ ސިޓީގައި އިންވެސްޓުކުރުމަށް ތައްޔާރުވާ ޑިޖިޓަލް މަޝްރޫއު "ދިވަރު"ގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫއާއެކު އޭޝިއާ ބައްރުގައި ދިވެހިރާއްޖެ ވެގެންދާނީ ގޫގުލްގެ އެންމެ ވަރުގަދަ ހަބަށްކަމަށެވެ. މި މަޝްރޫއާ އެކުގައިވެސް އެތައް ފުރުސަތެއް ރާއްޖެއަށް ފަހިވާނެކަމަށް ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0" ގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ހިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ އެވެ.
މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ހިދުމަތް ލިބޭނެގޮތަށް ހިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ހިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ހިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ގައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖުރިބާ ބަދަލުކުރެވޭނެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ހިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ހިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދީ، ހިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ހިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވިގެންދާނެ އެވެ.