ENGLISH
16 ޖޫން 2026
ޓިއުނީޝިއާއަށް ސްވިޑަންގެ ފެންވަރު ދައްކާލައި، ބޮޑު އިތުބާރެއް ހޯދައިފި
15 ޖޫން 2026
|
ޓިއުނީޝިއާ އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި އަލެކްސެންޑަރ އިސާކް އާއި ވިކްޓަރ ޔޯކެރޭޝް ވިދާލި މެޗުގައި ސްވިޑަންއިން 5-1 ގެ ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށްފިއެވެ.
މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ސްވިޑަންއަށް ލީޑުނަގައިދިނީ ޔާސިން އަޔާރީއެވެ. އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ޔޯކެރޭޝް ދިން ޕާހަކުން އިސާކް ވަނީ ސްވިޑަންގެ ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، ހަނިބަލް މެޖްބްރީ ނަގައިދިން ހުރަހެއްގެ އެހީގައި ބޮލުން ކާމިޔާބުކުރި ގޯލާއެކު އޮމާރް ރެކިކް ވަނީ ޓިއުނީޝިއާ އަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޔޯކެރޭޝް ވަނީ ސްވިޑަންގެ ދެ ލަނޑުގެ ލީޑު ދަމަހައްޓައިދީފައެވެ. އޭނާ މި ލަނޑުޖެހީ އިސާކް ދިން ބޯޅައަކުންނެވެ.
އޭގެފަހުން، މެޗުގެ 84 ވަނަ މިނެޓުގައި މަޓިއަސް ސްވެންބާގް ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އިސާކް އެވެ. ރެފްރީ މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު އެވެ.
އިތުރުވަގުތުގެ ހަވަނަ މިނެޓުގައި ސްވިޑަންގެ ފަސްވަނަ ލަނޑުޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއްދެއްކި އަޔާރީ އެވެ.
މި މެޗުން ހޯދީ މޮޅާއެކު ސްވިޑަން ވަނީ ގްރޫޕު އެފްގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. ސްވިޑަންއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ ނެދަލެންޑްސް އާއި ޖަޕާނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެ ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.