ENGLISH
09 ޖޫން 2026
ޙައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަންނަން ފުރައިފި
09 ޖޫން 2026
|
ތިންވަނަ ފްލައިޓްއިން ޙައްޖުވެރިން ރާއްޖެ އައުން-- ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
އެންމެ މަޤްބޫލު
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ޙައްޖާޖީންގެ ފަހު ފްލައިޓު ފުރައިފިއެވެ.
ދިވެހި ޙައްޖު މިޝަންއިން ބުނީ މި ފްލައިޓު ސައުދީ އަރަބިއްޔާގެ މަދީނާއިން ފުރާފައިވަނީ، ސައުދީ ގަޑިން 03:23 ގައި ކަމަށެވެ. މި ފުލައިޓް ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވަނީ މިރޭ ދަންވަރު 12:00 ގައެވެ.
ހަތަރު ގުރޫޕްއަކަށް ޙާޖީން ބަހާލެވިފައިވާއިރު، މިއީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަހަރު ދިވެހި ހައްޖާޖިން އަންނަ ދެވަނަ ފުލައިޓެވެ. އަދި މިއީ ޙައްޖާޖީން ރާއްޖެ އަންނަ ހަތަރުވަނަ އަދި ފަހު ފްލައިޓްވެސްމެއެވެ.
މި ފުލައިޓުގައި 262 ޙައްޖާޖީން ރާއްޖެ އައުމަށް ފުރާފަވާކަމަށް ދިވެހި ޙައްޖު މިޝަންއިން ބުނެފައިވެއެވެ.
މި ފުލައިޓުން ފުރި ޙައްޖާޖީންނަށް ރާއްޖެ އާދެވުމާއެކު، ޙައްޖު ކޯޕަރޭޝަންގެ އެހީގައި ރާއްޖެއިން ޙައްޖަށް ދިޔަ ދިވެހި ހުރިހާ ހާޖީންނަށް ރާއްޖެއަށް އާދެވޭނެއެވެ. ޙާޖީންގެ ކޮންމެ ގްރޫޕެއްވެސް ސައުދީގައި ތިން ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން ޙާޖީން މަދީނާގައި ދެ ދުވަސް މަޑުކުރިއެވެ.
މި އަހަރުވެސް 1,000 ދިވެހީން ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ދިޔައެވެ. މިއީ ފަހުގެ ތާރީޚެއްގައި ޙައްޖުވެރީންނަށް އެންމެ ފުރިހަމަ އިންތިޒާމެއް ހަމަޖެއްސި އަހަރެވެ. ޙައްޖުގެ އަޅުކަމަށް ދިޔަ ދިވެހީންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.