ENGLISH

09 ޖޫން 2026

Advertisement

ޝަމްޢާންގެ މައްޗަށް އުފުލި ތިން ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފި

09 ޖޫން 2026

|

އަޙުމަދު ޙަމީދު

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު، ފޮޓޯ؛ އިމިގްރޭޝަން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަަޅައިފި އެވެ.

ޝަމްޢާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލި އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދަޢުވާތަކާއި ގުޅިގެން ޝަރީޢަތް ހިންގުމަށް ފަހު މިއަދު ވަނީ އަދަބު ކަނޑައެޅުމަށް އަޑުއެހުމެއް ބާއްވާފަ އެވެ. މިއަދު 4:30 ގައި ކްރިމިނަލް ކޯޓްގައި އޮތް އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ ޝަމްޢާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

ޝަމްޢާން މަޤާމުން ވަކިކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސަ ހޯދަމުންއައިކަމަށް ތުހުމަތުވާ މައްސަލާގަ އެވެ. ޝަމްޢާންގެ މައްޗަށް ހިންގި ތަޙުޤީޤުގައި ޝަމްއާން ވަހީދު ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ހޯދާފަ އެވެ.

ޝަމްޢާންގެ ކޮންޓްރޯލަރ ކަމުގައި ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލު ކުރަމުންދާ އުސޫލުތަކާއި ހިލާފަށް އޮޕަރޭޝަންތައް ހިންގާ ބިދޭސީން އަތުން ފައިސާ ހޯދާފައިވާ ކަމަށް ވެސް ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ކުރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު