ENGLISH
09 ޖޫން 2026
ރައީސް އޮފީހުގެ ދިވެހިބަހާއި ޤައުމިއްޔަތާބެހޭ މުޝީރު އާދަމް ނަޞީރު އެ މަޤާމުން އިސްތިއުފާ ދެއްވައިފި
09 ޖޫން 2026
|
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ކުރީގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ---
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ޤައުމިއްޔަތާބެހޭ މުޝީރު އާދަމް ނަޞީރު އިބްރާހީމް އެ މަޤާމުން އިސްތިޢުފާ ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ޙުސައިން ޝަރީފް ވަނީ އެކަން ޔަޤީންކޮށް ދެއްވާފަ އެވެ. ތަރުޖަމާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ޤައުމިއްޔަތާބެހޭ މުޝީރު އާދަމް ނަޞީރު އިބްރާހީމް އެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާ ކަމަށެވެ.
އާދަމް ނަޞީރު އިބްރާހިމް ކުރީން ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރުކަން ވެސް ކުރައްވާފަ އެވެ.