ENGLISH

09 ޖޫން 2026

Advertisement

ފެން ހިންދާ ޕަމްޕު ފޯރުކޮށްދޭނެ 10 ކައުންސިލަކާ އެއްބަސްވުމެއް؛ 5 ކައުންސިލާ ހަވާލުކޮށްފި

09 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އެންޑީއެމްއޭއިން ޕަމްޕުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެންޑީއެމްއޭ

ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމަށް ރަށްރަށުގައި ބޭނުންކުރާ ޕަމްޕުތައް ލޯކަލް ކައންސިލުތަކާ ހަވާލުކުރުމަށް ދިހަ ރަށެއްގެ ކައުންސިލާއެކު އެއްބަސްވުން ގާއިމުކޮށް ފަސް ރަށެއްގެ ކައުންސިލާ ޕަމްޕު ހަވާލުކޮށްފިއެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން މިއަދު ބޭއްވި ބައްދަަލުވުމެއްގައި، ދިހަ ރަށެއްގެ ކައުންސިލާ ހަވާލުކުރުމަށް އެއްބަސްވުން ގާއިމުކުރި ޕަމްޕުތަކަކީ، އިގުތިސާދި އިޖުތިމާއީ ތަރައްގީއަށް ޖަޕާނުގެ ގްރާންޓު އެހީގައި ފޯރުކޮށްދީފައިވާ ޕްމަޕުތަކެކެވެ. 

މި ޕްރޮގުރާމުގެ ދަށުން އެންޑީއެމްއޭއިން ކޮންމެ ކައުންސިލަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދެ ޕަމްޕެވެ. މި ޕަމްޕުތައް ބޭނުންކުރާނީ ފެންބޮޑުވުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ރަށްރަށް ކާރިސާގެ ހާލަތުތަކާއި ކުއްލި ނުރައްކަލުގެ ހާލަތުތަކަށް ތައްޔާރުވުމަށް ކަމުގައި އެންޑީއެމްއޭއިން ބުނެފައިވެއެވެ. 

މިއަދު ޕަމްޕު ހަވާލުކުރި ފަސް ރަށަކީ؛ ފެރިދޫއާއި ކަނޑޫދޫއާއި އިނގުރައިދޫއާއި މ.މުލަކާއި ކ.ކާށިދޫއެވެ. އެ ރަށްރަށުގެ ކައުންސިލާ ޕަމްޕުތައް ހަވާލުކޮށްފައިވަނީ، އެއްބަސްވުން ހެދުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. 

މި ރަސްމިއްޔާތުގއި އެންޑީއެމްއޭއިންވަނީ ޖަޕާނުގެ ސަރުކާރާއި އެގައުމުގެ ރައްޔިތުން ރާއްޖޭގެ ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް ފޯރުކޮށްދޭ އެހީއާއި ދެމުންދާ މަދަދު ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު