ENGLISH

09 ޖޫން 2026

Advertisement

ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު އައިޖީއެމްއެޗްއަށް

08 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު ފައިސަލް- ފޮޓޯ: ކުޅުދުއްފުށި ހޮސްޕިޓަލް

ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ޑރ. މުހައްމަދު ފައިސަލް، ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހިދުމަތް ކުރައްވަން ފައްޓަވައިފިއެވެ. 

ޑރ.ފައިސަލް މި ދާއިރާއިން ސްރީލަންކާގައި ސަބް-ސްޕެޝަލިޓީ ނިންމެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.

އެހެންނަމަވެސް، ދުވަސްނުފުރާ ވިހާ ކުދިންނަށް ދޭންޖެހޭ ފަރުވާތައް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އޭނާ މިހާރު ވަނީ އައިޖީއެމްއެޗްއާ ގުޅިވަޑައިގެންފައެވެ.

ދުވަސްނުފުރާ ވިހާ ކުދިންނަށް ހާއްސަ ފަރުވާ ދިނުމަށް ބޭނުންވާ އެންއައިސީޔޫގެ އެންމެ ވަރުގަދަ ވަސީލަތްތައް ރާއްޖޭގައި ގާއިމްކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ.

ޑރ. ފައިސަލް އަކީ ޑޮކްޓަރެއްގެ ގޮތުގައި ވިއްސަކަށް އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ އަދި މި ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ.

މީގެ ކުރިން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލާއި ރާއްޖޭގެ އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

އައިޖީއެމްއެޗްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިޓީ ހިދުމަތްތައް އެ ހޮސްޕިޓަލުން ދަނީ ތައާރަފް ކުރަމުންނެވެ. އެގޮތުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ އެކި ކަހަލަ އޮޕަރޭޝަންތައް ވެސް މިހާރު އެ ހޮސްޕިޓަލުގައި ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު